އުރީދޫގެ އާއުފެއްދުން ބައިނަލްއަގުވާމީ ބޮޑު ފެއާއެއްގައި ދައްކާލައިފި

ooredoo-1-1.jpg

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2019ގައި، އުރީދޫ މޯލްޑިވްސްގެ ދެ ހިދުމަތެއް ދައްކާލައިފިއެވެ.

އެ ފެއާގައި އުރީދޫން ދައްކާލާފައިވަނީ އާޓިފިޝަލް އިންޓެލިޖަންސް އަދި ޑީޕް ލާނިންގ ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދިނުމަށް އުރީދޫއިން ހެދި ޑިޖިޓަލް ކެއާ އެސިސްޓަންޓު “އެވީ” އެވެ.

އުރީދޫން އިން ބުނީ ތަފާތު ޗެނަލްތަކުގައި މަސައްކަތް ކުރާ “އެވީ”ގެ އެހީތެރިކަން، ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖަރ، ޓްވިޓަރ، ވައިބަރ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެ ކަމަށެވެ.

އަދި، އެލެކްސާ އަދި ގޫގުލް އެސިސްޓަންޓު މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުންވެސް “އެވީ” ގެ ޚިދުމަތްތައް ބޭނުންކުރެވޭނެކަމަށް އުރީދޫއިން ބުންޏެވެ.

އެވީ އަކީ ތަފާތު ޗެނަލްތަކުގައި މަސައްކަތް އެޕެކެވެ. އެވީގެ އެހީތެރިކަން،ވޮއިސް ކޯލް އަދި އެސްއެމްއެސް، ފޭސްބުކް މެސެންޖާ، ޓްވިޓާ، ވައިބާ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެ އެވެ. އަދި އެލެކްސާ އާއި ގޫގުލް އެސިސްޓަންޓު މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުންވެސް “އެވީ” ގެ ހިދުމަތްތައް ބޭނުން ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ އޮންލައިން ވިޔަފާރިތަކަށް ހާއްސަ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް ކަމަށްވާ “މޫލީ” ވެސް މިއަދު ވަނީ އެފެއާގައި ދައްކާލައިފައެވެ.

މޫލީއަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެއް ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދީ ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެންގޮސްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އިން ބުނީ އަންނަ މާޗް މަހުން ފެށިގެން މި ދެހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ދެހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހިދުމަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މޮބައިލް ވޯލްޑް ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top