ހުޅު ހުޅުގައި ރިއްސާ މީހުންނަށް ކެބެޖުން ފަރުވާ ކުރެވިދާނެ

safe_image.jpg

 

އާއްމު ގޮތެއްގައި ކެބެޖް ބޭނުންކޮށް އުޅެނީ ކެއުމަށެވެ. އެއީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއްވެސް އެކުލެވޭ ތަރުކާރީއެކެވެ. އަސާސީ ހުރިހާ ވިޓަމިން އަކާ މިނެރަލްސް ގެ އިތުރުން އެންޓި އޮކްސިޑެންޓް އެކުލެވިފައިވެއެވެ.

ކެއުމުގެ އިތުރުން ކެބެޖުން ކުރެވޭ އެހެން ބޭނުންތަކަށް ބަލާއިރު ރީތި ވުމަށްވެސް ކެބެޖަކީ ވަރަށް ރަނގަޅު އެއްޗެކެވެ. މޫނުގައި ކެބެޖް އުނގުޅުމުން ހަނގަނޑުގައި ރޫޖެހުން ލަސްވުމާއި މޫނު ތާޒާކޮށް ބެހެއްޓުމާއެކު ހަންގަނޑުގެ ހިކިކަން ކެނޑި ތެތްކޮށް ބަހައްޓައިދެ އެވެ. ހަމުގެ ބަލިތަކަށްވެސް ރަނގަޅު ފަރުވާ އެކެވެ. ހަމައެއާއެކު ފައިބަރުން މުއްސަދި ވެފައިވާ އެއްޗަކަށް ވާތީ ދިފާއި ބާރު ގަދަކޮށްދީ ބަރުދަން ލުއި ކުރުމަށްވެސް އެހީވެދެއެވެ.

ކެބެޖުގައި ގިނަ އަދަދަކަށް ވިޓަމިންސީ އާއި ޕޮޓޭސިއަމް އާއި ދަގަނޑުގެ ބައި އެކުލެވިފައިވާތީ ޔޫރަޕްގެ ގައުމުތަކުގައި ކެއުމުގެ އިތުރުން ގަދީމީ ޒަމާނުން ފެށިގެން ހަކީމީ ބޭސް ވެރިކަމުގައިވެސް އެކި ވައްތަރުގެ ކެބެޖް ބޭނުންކުރެއެވެ. މައިގަނޑު ގޮތެއްގައި ފުރަމޭގެ ބަލިތަކަށެވެ. ހަމައެގޮތަށް ހުޅުހުޅުގައި ރިއްސުމުގެ ފަރުވާ އެއްގެ ގޮތުންވެސް ޔޫރަޕް މީހުން ކެބެޖް ބޭނުންކުރުމަކީ ވަރަށް އާއްމު ކަމެކެވެ. ކެބެޖުން ހުޅުހުޅަށް ފަރުވާ ކުރާ ގޮތަކީ :

ބޭނުންވާ ތަކެތި: ކެބެޖް ، ތުނި ފޮތިކޮޅެއް ނުވަތަ ބެންޑޭޖް، އެލްމެނިއަމް ފޮއިލް

ތައްޔާރުކުރާ ގޮތް

ކެބެޖްގެ ބޭރުލޭޔަރގެ އެތެރެއިން އޮންނަ ލޭޔަރު ނަގާފައި ސާފުކޮށް ދޮވެލާށެވެ. ދެން އެލްމެނިއަމް ފޮއިލް ކޮޅުގެ މަތީގައި ބާއްވާފައި އަވަނަކުން މިލުވާލާށެވެ. މިލުވާލުމަށް ފަހު ރިއްސާ ހުޅުގައި ނުވަތަ އެ ތަނުގައި ރީތިކޮށް އޮޅާލާށެވެ. ނުވަތަ ބެންޑޭޖް ކޮށްލާށެވެ. ގަޑިއެއްހާ އިރުވަންދެން ބޭއްވުމަށް ފަހު ނަގާށެވެ. ރަނގަޅު ނަތީޖާ ފެންނާނީ ދުވާލަކު ދެފަހަރު ނުވަތަ ތިން ފަހަރު މިގޮތަށް ރެޕް ކުރުމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top