ނިއުމާ އޮފީހަށް ނުކުންނަވައިފި

560054_644325665593987_1699537875_n.jpg

އޭދަފުށި ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު ޗުއްޓީގައި ހުންނެވުމަށްފަހު އެނބުރިއައިސް އޮފީހަށް ނުކުންނަވައިފިއެވެ. ނިއުމާ އޮފީހަށް ނުކުންނަވާފައި މިވަނީ އޭނާއަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން މެލޭޝިއާ ޖަލުގައި ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ފަހުއެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި ނިއުމާ އޮފީހަށް ނުކުންނެވި ނަމަވެސް ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހަވާލު ކުރައްވާފައިވަނީ ރަށު ކައުންސިލްގައި މަސައްކަތް ކުރައްވާ އެހެން ސިވިލް ސާވަަންޓަކާއެވެ. އޭނާއަށް ޒިންމާދާރު ވެރިޔާގެ ޒިންމާތައް ހަވާލު ކުރިކަން ސިވިލްސާވިސް ކޮމިޝަނުން އެންގެވި ދުވަހު ނިއުމާއަށް ވެސް ވަނީ ނިއުމާ ،10 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކޮށް ސިޓީއެއް ފޮނުއްވާފައެވެ.

ނިއުމާ އޮފީހަށް ނުކުންނަވާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު