އީދަށް މޯލްޑިވިއަން އިން ޑިސްކައުންޓު އަގުތަކެއް. އެންމެ ހެޔޮއަގު ދަރަވަންދުއަށް

maldivian-at-hoara-e1608046891365.png

މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް މޯލްޑިވިއަން އިން ޚާއްސަ ޑިސްކައުންޓު އަގުތަކެއްގައި ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މާދަމާއިން ފެށިގެން ޚާއްސަ އަގުތަކުގައި މޯލްޑިވިއަންގެ އެކި ޑެސްޓިނޭޝަންތަކަށް ދަތުރު ކުރެވޭނެ ކަމުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް މާލެ އިން ފުރާ މީހުންނަށާއި، މި މަހުގެ 17 އިން 24 ގެ ނިޔަލަށް މާލެއަށް އެނބުރި ދާ މީހުންނަށް މިފެއާއިން ޓިކެޓް ލިބޭނެ އެވެ.

މި ފެއާގެ އަގުތައް 1200ރުފިޔާ އާއި 750ރުފިޔާ އާއި ދެމެދުގައި ހުރިއިރު އެންމެ ހެޔޮ އަގުގައި ދަތުރު ކުރެވެނީ ދަރަވަންދުއަށެވެ. އެއީ 749ރއެވެ. އައްޑޫއަށް ދަތުރުކުރެވޭ އަގަކީ 1،222ރ އެވެ. އަދި ފުވައްމުލަކަށް 1،155ރ އަށް ދަތުރު ކުރެވޭއިރު، ކުޅުދުއްފުއްޓާއި ހަނިމާދު އާއި ތިމަރަފުއްޓާއި ކޫއްޑު އަށް ދާން 1،111ރ. ޓިކެޓް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ފެއާ ރޭޓްތަކަކީ ވަކި ލިމިޓަކަށް ހަޖައްސާފައި އަގުތަކަކަށް ވާތީ، ވީހާ އަވަހަށް ބުކުން ހެދުމަށް މޯލްޑިވިއަންއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އީދާ ދިމާކޮށް ދަތުރުފަތުރަށް ބާރު ބޮޑުވެފައިވާއިރު، މޯލްޑިވިއަން އިން ވަނީ މިފަހަރުގެ އީދާ ދިމާކޮށް އިތުރަށް 100 އަށްވުރެ ގިނަ ދަތުރު ކުރަން ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top