ދީނުގެ އަސާސްތަކާ ޚިލާފުނުވެ އީދު ފާހަގަކުރަން ހަނދާންކޮށްދީފި

DSCN0668.jpg

އީދު ފާހަގަކުރުމުގައި އިސްލާމް ދީނުގެ އަސާސްތަކާއި ދިވެހީންގެ އިޖުތިމާއީ މިންގަޑުތަކާ އެއްގޮތަށް ފާހަގަކުރަން ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ރަަށު ކައުންސިލްތަކަށް އަންގައިފިއެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލްތަކަށް ފޮނުވި އާންމު ސާކިއުލާއެއްގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އެހެންކަމުން އީދު އެންމެހާ ހަރަކާތްތައް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފު ނުވާނެހެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދާއިރު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނާ ފަދައިން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމާއި އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށްވެސް އަންގާފައިވެ އެވެ.

”ވީމާ ތިޔަ ސިޓީތަކާއި ރަށްރަށުގައި އީދު ފާހަގަކުރުމުގައި އިސްވެ ދެންނެވި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެެދި ދެންނެވީމެވެ.“ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ނެރުއްވި ސާކިއުލާގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top