ބ.އަތޮޅު ކައުންސިލް ޤުރްއާން މުބާރާތް ނިމުނު ފަހުން ވަނަތަކަށް ބަދަލުއައިކަން އަންގައިފި

398909253_681108644168353_6604311382037780018_n-1.jpg

ބ.އަތޮޅު ކައުންސިލް ގުރުއާން މުބާރާތުގައި އެދަފުށި ކައުންސިލުން ބައިވެރިކުރި ދަރިވަރުން --ފޮޓޯ: އަތޮޅު ކައުންސިލް

ބ.އަތޮޅު ކައުންސިލުން ބ.އަތޮޅަށް ހުޅުވާލައިގެން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 4ވަނަ ދުވަހުގެ ނިޔަލަށް ބ.ތުޅާދޫގައި އިން އަށް ބޭއްވި އަތޮޅު ކައުންސިލް ޤުރްއާން މުބާރާތް ނިމި ނަތީޖާ ފާޅުކުރިތާ ދެ ދުވަސް ފަހުން މުބާރާތުގެ ވަނަތައް ތަރުތީބު ކުރެވިފައިވަނީ ރަނގަޅަށް ނޫންކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ވަނަތައް އިއުލާނު ކުރުމާއި އިނާމު ދިނުމަށް މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ތުޅާދޫގައި ބޭއްވި ރަސްމީ ޖަލްސާގައި މުޅި މުބާތާރުން އެއްވަނަ ދިޔަކަމަށް އިއުލާނު ކޮށްފައިވަނީ ތުޅާދޫ ކައުންސިލް ކަމުގައެވެ. ދެވަނައަށް ކެންދޫ އަދި ތިން ވަނަ އަށް އޭދަފުށި ކައުންސިލެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން އަތޮޅު ކައުުންސިލުން ބުނީ ވަނަ ހޮވުމުގައި ބަދަލު އައީ އިދާރީ ގޮތުން އެރި އޮޅުމަކުން ކަމަށެވެ.

މި އޮޅުމުގެ ސަބަބުން، ކުރިން ތިން ވަނަ އަށް ހޮވުނު އޭދަފުށީ ކައުންސިލަށް މިހާރު ލިބެނީ ދެވަނައަށް ކަމަށާއި، ދެވަނަ ހޯދި ކެންދޫ ކައުންސިލަށް ލިބެނީ ތިންވަނަ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ކައުންސިލުތައް ރޭންކް ކުރިއިރު، ބައެއް ރަށު ކައުންސިލުގެ ބައިވެރިންގެ މާކްސް ޖުމްލަ ހެދުމުގައި އެރި އިދާރީ އޮޅުމުގެ ސަބަބުން ކެންދު އާއި ކިހާދޫ އާއި ދޮންފަނު އަދި ހިތާދޫ ކައުންސިލުގެ މާކްސްގެ ޖުމްލަ ހެދުމުގައި ވަނީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މި މަހުގެ 2-4 އަށް ތުޅާދޫގައި ބޭއްވި ގުރުއާން މުބާރާތުގައި ބ އަތޮޅުގެ ދިހަ ރަށަކުން ޖުމްލަ 147 ދަރިވަރުން ވާދަ ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top