ސީފުޑަށް އެލާޖިކްވި ޒުވާނާ ނިޔާވެއްޖެ

big_BDApHK92eemIaKVRCnOaWNgNA-1.jpeg

މިދިޔަ ހުކުރު ދުވަހު މާލޭގެ ރެސްޓޯރެންޓަކުން ސީފުޑް ކައިގެން އެލާޖިކްވި ،އުމުރުން 24އަހަރުގެ ފާތުމަތު ހަނާ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުއެވެ.

އެލާޖިކްގެ ސަބަބުން ހަނާގެ ސިކުނޑީގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްނުދެވި އެ ސެލްތައް ހުއްޓުނު އިރު ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ އޮތީވެސް ވެންޓިލޭތަރުގެ އެހީގައެވެ.

ހަނާ އަކީ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އަސްއަދުގެ ދޮށީ ދަރިކަނބަލުނެވެ.

ހަނާއާ ބެހޭ ގޮތުން އޭނާގެ ބައްޕަ ބުނެފައިވަނީ ހަނާއަކީ އަބަދުވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއްކަމަށެވެ.

ހަނާގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުުރުން އޮތީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާގައެވެ. \

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top