ކައުންސިލް ކެންޕޭން ދަތުރެއްގައި ސަލީމް އޭދަފުއްޓަށް

IMG_20170429_163708.jpg

އޭދަފުށީ ދާއިރާގެ މެމްބަރ ސަލީމް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން ސަޕޯޓަރުން އޭނާއަށް މަރުޚަބާ ދަންނަވަނީ. / އީވީ ފޮޓޯ

އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭން ދަތުރެއްގައި މިއަދު އޭދަފުއްޓަށް ވަޑައިގެންފިއެވެ.

މިއަދު ހަވީރު އޭދަފުއްޓަށް ސަލީމް ވަޑައިގަތުމުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ސަލީމަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ދަތުރާ ބެހޭގޮތުން އީވީއާ ވާހަކަ ދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ މިދަތުރަކީ އަންނަ ހޮނިހިރުދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމް ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކުރެއްވުމަށް އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅެއް ކަމަށާ، މިދަތުރުގައި އޭދަފުށީގެ އާންމުންގެ ގިނަ ބަޔަކާ ބައްދަލުކޮށް ތާއީދު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް އެންމެފަހުން އޭދަފުއްޓަށް ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top