”އޭދިލްހެ މުޝްކިލް “އަށް ތަރުހީބު ބޮޑު

ranbir-aishwarya.jpg

 

“ކަލްހޯ ނަހޯ”، “ކުޗްކުޗް ހޯތާހޭ”، “ކަބީ އަލްވިދާ ނާކެހެނާ” ، “މައި ނޭމް އިޒް ޚާން” ފަދަ ރީތި ފިލްމުތައް ހަދާފައިވާ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފަހުގެ އުފެއްދުންކަމުގައިވާ “އޭދިލްހެ މުޝްކިލް ” ވެސް އޭނާގެ ކުރީގެ ފިލްމްތަކެކޭ އެއްފަދައިން ސިނަމާތަކުގައި ބޮޑު ކާމިޔާބުތަކެއް ހޯދަމުން ދާކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނަން ފަށައިފިއެވެ.

ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި އައިޝްވާރްޔާ ރާއީ ގެ އޭދިލްހެ މުޝްކިލް ގެ ފުރަތަމަ ދުވަހުވެސް ސިނަމާ ތަކުގެ 50 އިންސައްތަ ފުލްވި އެވެ. އަދި  ފުރަތަމަ ދެ ދުވަހުގެ ވިޔަފާރިއަށް 26.40 ކުރޯޑް ރުޕީސް ލިބިފައިވެއެވެ.

އޭދިލްހެ މުޝްކިލް ސިނަމާތަކަށް އައުމުގެ ކުރިން ކަރަން އަށް ވަނީ ހައްލުކުރަން ދަތިވި އުދަނގޫ ކަންތައްތަކެއް މެދުވެރިވެފައެވެ.  އެންމެ ބޮޑުކަމަކަށް ދިމާވީ ޕާކިސްތާނު އެކްޓަރ ފަވާދު ޚާން ފިލްމުގައި އުޅޭތީ އެފިލްމް އިންޑިއާގެ ސިނަމާތަކުގައި ދެއްކުން މަނާކުރުމެވެ. ނުވަތަ ފަވާދުޚާންގެ ބައި ފިލްމުން އުނި ކޮށްގެން ނޫނީ ނުދެއްކޭނެކަމަށް އިންޑިއާގެ ސިޔާސީ ޕާޓީ ތަކުން ބުނުމެވެ. ޕާކިސްތާން ފަންނާނުން ބައިވެރި ކޮށްގެން ހަދާ ފިލްމުތައް ހުއްޓުވާނެކަމަށް އިންޑިއާގެ ސިޔާސީ ޕާޓީތަކުން ބުނުމާއެކު ފިލްމަށް ވެގެންދާނެ ގޮތަކާމެދު އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.

އެހެންނަމަވެސް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުންގެ އެސޯސިއޭޝަނުން ސިޔާސީ ޕާޓީތަކާއެކު ވާހަކަދައްކައި އެންމެ ފަހުން ކަރަން ވަނީ އެކަމަށް ހައްލު ހޯދައި ސިނަމާތަކާ ހަމައަށް ފިލްމު ގެނެސްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top