ދަތްޕިލާ ރީތިކޮށްލާށެވެ!

how-to-remove-plaque-2.jpg

މީހުންގެ ރީތިކަން އެންމެބޮޑަށް ދައްކައިދޭނީ ދަތްޕިލާއިންނެވެ. ދަތްޕިލާރީތި ވުމަކީ އެތައް އައިބެއް ފޮރުވައިދޭ ކަމެކެވެ. ދަތްތަކުގެ ހުދުކަމާއި ރީތިކަމަކީ ތިމާގެ އަސްލު ރީތިކަން އެތައް ގުނައެއް އިތުރު ކޮށްދޭ ކަމެއްވެސް މެއެވެ.  އެހެންކަމުން ދަތްތައް ރީތިކޮށްބެހެއްޓުމަކީ ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނެ އެއްކަންތަކެވެ.

އަހަރެެމެންގެ ތެރެއިން ރީތި ދަތްޕިލާއެއް ހުންނަނީ މަދު މީހެއްގެއޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ދަތްޕިލާގެ ރީތިކަން އޮންނަނީ ލަދު ގަންނަން ޖެހޭވަރަށް ކުލަ ބަދަލުވެ ހަޑިވެފައެވެ. ސަޔާއި ކޮފީ އަދި ސިގިރެޓާއާ ކެފެއިން ހުންނަ ތަކެތި އިސްތިއުމާލު ކުރުމަކީ ދަތްތަކުގެ އަސްލު ކުލަ ގެއްލި ފާޑެއްގެ ރީދޫ ކުލައަކަށް ބަދަލު ވެގެންދާ ކަމެކެވެ. މިއާއެކު ދިވެހިންގެ ނުބައި އާދައެއްކަމުގައިވާ ދުފުމަކީ ދަތްތަކުގައި ކޮބަޑިޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.

މިހާހިސާބަށް ކަންތައް ދިއުމުން ދެން ދާނީ ޑެންޓިސްޓެއްގެ ގާތަށެވެ. ޑެންޓިސްޓް ދަތްތައް ސާފުކުރަން ބޭނުންކުރާނީ ހިރުގަނޑަށާ ދަތްތަކަށް އެންމެ ފައިދާހުރި ގޮތަށް ނޫންކަން އެނގޭއިރު ބޮޑު ޚަރަދުކޮށްގެން ޑޮކްޓަރެއްގެ އެހީހޯދަނީ އެނޫންއެހެން ގޮތެއް ނެތީމައެވެ.

ޑެންޓިސްޓެއްގެ އެހީ ނުހޯދައި ގޭގައިވެސް ދަތްތައް ސާފުކުރެވޭ ގޮތް އެބަހުއްޓެވެ. ކެމިކަލްގެ ބޭނުންނުކޮށް ތިރީގައި މިދަންނަވާ ފަރުވާ ހޯދައިގެން ދަތްތަކަށް ރީތިކަން ގެނެވިދާނެއެވެ. މިއީ ޚަރަދު ކުޑަ ލުއި ގޮތެއްވެސް މެއެވެ.

ބޭނުންވާ ތަކެތި
4 މޭޒުމަތީސަމުސާ ލުބޯ ހުތް
1 ލިޓަރުފެން
3 މޭޒުމަތީސަމުސާ ސަންފްލާވަރ އޮށް

ހަދާނެގޮތަކީ މިތަކެތި އެއްކޮށްލުމަށްފަހު މަޑުގިނީގައި 30 މިނިޓްއިރުވަންދެން ކައްކާނީއެވެ. ދެން ކޮންމެ ކެއުމަކަށް ފަހު މި ފެނުން ދަތްތައް ސާފުކޮށްލާށެވެ.

އަދިވެސް ބުނަންހެއްޔެވެ. ދަތްތަކުގައި ޖަހާފައި ހުންނަ ކޮބަޑިތައް ދުއްވާލުމަށް އެޕަލްސިޑަރ ވިނިގަރ ބޭނުންކުރާށެވެ. ހަފްތާއަކު އެއްފަހަރުވިޔަސް ރަނގަޅުވާނެއެވެ. ހަދާނެގޮތަކީ ދަތްއުނގުޅާ ބުރުހުގައި ވިނިގަރ ކޮޅެއްލައިގެން ދަތް އުނގުޅާށެވެ. އެއަށް ފަހު ފެނުން ރީތިކޮށް އަނގަ ދޮވެލަންވާނެއެވެ. އެހެންނޫނީ ހިރުގަނޑަށް ގެއްލުމެއް ލިބިދާނެއެވެ.

ބޭކިންގސޮޑާއަކވެސްީ ކޮބަޑި ފިލުވާލުމަށް ރަނގަޅު އެއްޗެކެވެ. ދަތް އުނގުޅާ ބޭހުގެ ތެރެއަށް ބޭކިންގސޮޑާ ކޮޅެއް އެއްކޮށްލައިގެން ދަތް އުނގުޅާށެވެ. ކުޑަލޮނުކޮޅެއްވެސް ލައިގެންނެވެ. 1 ސައިސަމުސަލުގެ ތެރެއަށް އެއްކޮށްލުމަށްފަހު ދެން ބޭނުންކުރާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top