ތިންފަހަރަށް ފަސްކުރި އޭދަފުށި- ދުވާފަރު މެޗް ކުޅޭނީ މާލޭގައި

Dhuvaafaru.jpg

ދުވާފަރު ޓީމް . ފޮޓޯ: އީޓީ

ތިން ފަހަރަށް ލަސްކޮށްފައިވާ މިނިވަން50 ފުޓްބޯޅަމުބާރާތުގެ ޒޯން 3 ގައި ހިމެނޭ އޭދަފުށި- ދުވާފަރު މެޗް މާލޭގައި ކުޅޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމީ މި މުބާރާތުގައި މި ދެޓީމް އެންމެ ފަހުން އޭދަފުީގައި ކުޅުނު މެޗް ނިމުމާއެކު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމްއިން މި މައްސަލަބެލުމަށް ފަހުއެވެ.

އެދުވަހުގެ މެޗް ނިމުމާއެކު ދުވާފަރުގެ ބައެއްކުޅުންތެރިންނާއި ފުލުހުންނާދެމެދުވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ދުވާފަރު ޓީމުގެ ދެކުޅުން ތެރިއަކު ސަސްޕެންޑް ކުރުމަށެވެ. އެއީ އެޓީމުގެ ހަސަން ސުޖާއު އާއި މުރުތާޒު މުހައްމަދުއެވެ. ސުޖާއު ސަސްޕެންޑްކޮސްފައިވަނީ ހަތް މެޗަށެވެ. އަދި މުރުތާޒު ހަ މެޗަށެވެ.

މި މެޗް މާލޭގެ މާފަންނު ޓާފް ދަނޑުގައި ކުޅެން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތު ދުވަހު ހަވީރުއެވެ.

ޒޯން3ގައި ކުޅެފައިވާ މެޗްތަކުގެ ނަތީޖާއަށް ބަލާއިރު އެއްވަނާގައި އުޅެނީ 7 ޕޮއިންޓައެކު އޭދަފުށްޓެވެ. ދެވަނައިގާ 3 ޕޮއިންޓާއެކު ދުވާފަރު އުޅޭއިރު ހިންނަވަރު އުޅެނީ އެންމެ ޕޮއިންޓަކާއެކު 3ވަނައިގައެވެ.

މި ދެ ޓީމް އެންމެ ފަހުން އޭދަފުށީގައި ބައްދަލުކުރި މެޗް 2-0 އިން މޮޅުވެފައިވަނީ އޭދަފުށްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top