ކަމަދޫ ނެރުމައްޗަށް ދޯންޏެއް އަޑިއަށްހިގައްޖެ

l_145179936812LxGr.jpg

އަޑިއަށްދިޔަ ފެރީ ކަމަދޫ ފަޅުތެރޭގައި . ފޮޓޯ: ސަން އޮންލައިން

ރޭ ފަތިހު 5:30ގައި ބ.އަތޮޅު ލަނޑާ ގިރާވަރުން ފުރައިގެން ކަމަދޫއަށް ދަތުރުކުރި އެ ރިސޯޓުގެފެރީ ނެރުގެ ފައިކައްޓަށް އަރައިގެން ލިބުނު ގެއްލުމުގައި އެފެރީ އަޑިއަށްގޮސްފިއެވެ.

ހާދިސާ ހިނގަން މެދުވެރިވި ގޮތް ކިޔައިދެމުން ދޯނީގެ ކައްޕި ބުނީ ފަތިހު ރިސޯޓަށް ގޮސް އައިސް 5:15 އެހާކަށް ހާއަިރު ކަމަދުއަށް ވަންނަންވެގެން އައިސް އިންޖީނު މަޑުކޮށްލިތަނާ ނިވުނީ ކަމަށާއި ދެން ސްޓާޓްނުވެގެން ނެރުގެ އުތުރު ފައިކަށްޓަށް ދޯނި އަރައިގެން ދޯނި ފޫގޮސްގެން އަޑިއަށް ދިޔައީކަމުގައެވެ.

ކައްޕި ބުނީ ގޯނީގައި އެވަގުތު ތިބީ ދެމީހުންކަމަށާއި އެކަކަށް ވެސް ގެއްލުމެއްނުލިބޭކަމުގައެވެ.

ކަމަދޫ ކައުންސިލުން ބުނާގޮތުގައި 38 ފޫޓުގެ އެދޯނި މިހާރުވަނީ ރައްޔިތުންގެ އެހީތެރިކަމާއެކު ފުންކޮށްގެން ފަޅުތެރެއަށް ވައްދާފައެވެ.  އެހެންނަމަވެސް އަދިވެސް ދޯނި އޮތީ އަޑީގައެވެ.

މި ހާދިސާ މިހާރުވަނީ އޭދަފުށި ޕޮލިސްސްޓޭޝަނަށް ރިޕޯޓްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top