ކީރިތިރަސޫލާއަކީ އެންމެވަރުގަދަ ޝަޚްޞިއްޔަތު – ރާނީމުކަރްޖީީ

439863-rani-mukerji-11.jpg

ރާނީމުކަރްޖީ

ކީރިތި ރަސޫލާއަކީ އިންސާނީ ހަޔާތުގައި އެންމެ ފާހަގަކުރެވޭ އެންމެ ވަރުގަދަ ޝަޚްޞިއްޔަތުކަމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީމުކަރްޖީ ބުނެފިއެވެ.

ކީރިތި ރަސޫލާގެ އީދުމީލާދުގެ ހެޔޮއެދުމާ ތަހްނިޔާ ފޮނުވަމުން ރާނީ ކޮށްފައިވާ ޓުވިޓެއްގައިވަނީ އޭނާ ހޯދި ހޯދުންތަކާއި ރަސޫލާގެ ހަޔާތްޕުޅު ދިރާސާކުރުމުން އެނގުނު ގޮތުގައި ކީރިތި ރަސޫލާއަކީ މުޅި އިންސާނީ ތާރީޚުގައި އޭނާއަށް ފާހަގަ ކުރެވުނު އެންމެ ވަރުގަދަ ނަމޫނާ ޝަޚްޞިއްޔަތު ކަމުގައެވެ. އެކަން ފާހަގަކޮށް އޭނާވަނީ  ކީރިތިރަސޫލާގެ އުފަންދުވަސްކަމުގައި މުސްލިމުން ފާހަގަކުރާ ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެކިކަންކޮޅުގައި ތިބި މުސްލިމުންނަށް ހެޔޮއެދުމާ ތަހްނިޔާ ފޮނުވާފައެވެ.

ރާނީ މުކަރްޖީއަކީ ހިންދީއެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ހިންދީ ފިލްމީ ދުނިޔޭގައެވެ. 90ގެ އަހަރުތަކުގައި ރާނީވަނީ މޮޅު ފިލްމްތަކެއް ކުޅެ ގިނަ އެވޯޑް ތަކެއްވެސް ހާސިލް ކޮށްފައެވެ. ފިލްމް ޕްރޮޑިއުސަރ އަދިތްޔާ ޗޯޕްރާ އާއި ކައިވެނި ކޮށްގެން ރާނީއަށް ވަނީ ދާދި ފަހުން އަންހެން ކުއްޖަކުވެސް ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top