ބ. އަތޮޅު މަދުރަސާގައި މީޑިއާ ކްލަބެއް އުފައްދައިފި

ބ. އަތޮޅު މަދުރަސާ

ބ. އަތޮޅު މަދުރަސާ

ބ.އަތޮޅު މަދަރުސާގެ މީޑިއާ ކްލަބުގެ ނަމުގައި ބ.ދަރަވަންދޫގައި މީޑިއާ ކައުންސިލުން މީޑިއާ ކްލަބެއް ހަދައިފިއެވެ.

މީޑިއާ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެ ކްލަބު އުފައްދާފައިވަނީ ބ.ދަރަވަންދޫ ރަށު ކައުންސިލާއި، އަތޮޅު މަދަރުސާގެ އެއްބާރުލުމާއެކުއެވެ.

މީޑިއާ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ކްލަބުގެ މަގުސަދަކީ ސްކޫލް ނިންމާ ކުދިންނަކީ މީޑިއާއަށް އަހުލުވެރި ބަޔަކަށް ހެދުމާއި، މީޑިއާއާއި ގުޅުން ހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުމާއި ސުކޫލު ވެށިގައި މީޑީއާ ކުރިއަރުވައި އަމަލީ ގޮތުން ހަރަކާތްތައް ހިނގާ، ސުކޫލުގައި މީޑިއާ ފޯކަލް ޕޮއިންޓްތައް އުފެއްދުން އަދި ސުކޫލުތަކުގެ މީޑިއާ ކަލްބުތަކުގެ މެދުގައި ގުޅުން ގާއިމުކޮށް ބަދަހި ކުރުމެވެ.

މީޑީއާ ކައުންސިލްގެ އިސްނެގުމުގެ މަތިން ދަރަވަންދޫގައި މީޑިއާ ކްލަބެއް އުފައްދާފައިވާ އިރު މިއީ މިގޮތަށް ކްލަބެއް އެކައުންސިލުން އިސްނަގައިގެން އުފެއްދި ފުރަތަމަ ފަހަރު ވެސްމެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top