ކުރީގެ އެކްޓަރ ދިލިޕް ކުމާރު އެޑްމިޓްކޮށްފި

dilip-kumar.png

ރީތި ހިންދީ ފިލްމް ތަކެއް ކުޅެފައިވާ ބޮލީވުޑްގެ ސުޕަރސްޓާރ ދިލިޕް ކުމާރު އަނެއްކާވެސް މުންބާއީގެ ހޮސްޕިޓަލެއްގައި ރޭ އެޑްމިޓްކޮށްފިއެވެ.

އުމުރުން 95 އަހަރުގެ ސުޕަރސްޓާރ އަދި ކުރީގެ އެކްތްރެސް ސާއިރާ ބާނޫގެ ފިރިމީހާ މި ފަހަރުވެސް އެޑްމިޓް ކޮށްފައިވަނީ ނިއުމޯއާ ޖެހިގެން ކަމަށް ދިލިޕްގެ އާއިލާގެ ފަރާތުން ވަނީ ޔަގީން ކޮށްދީފައެވެ. މީގެ މަހެއްހާ ދުވަސް ކުރިންވެސް ދިލިޕް ކުމާރު ވަނި ނިއުމޯނިޔާ ޖެހިގެން ފަރުވާ ހޯދުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ހަފްތާ އެއްގެ ފަހުން އަނެއްކާެސް އެޑްމިޓް ކޮށްފައިވާ އިރު ދިލިޕް އަށް ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

އަދި އޭނާގެ ބައްޔާއި އަދި ހާލަތާއި ގުޅޭގޮތުން މައުލޫމާތު ލިބޭ ވަރަކުން އޭނާގެ ފޭނުންނާ ހިއްސާ ކުރަމުން ދާނެކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިއާގެ އެންމެމޮޅު ހިންދީ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދިލިޕް ކުމާރުގެ ރީތި ފިލްމް ތަކުގެ ތެރޭގައި ކޯހީ ނޫރު ، މުގަލޭ އަޒަމް، ޝަކްތީ ،ނަޔާ ދައުރު އަދި ރާމް އައުރު ޝިޔާމް ފަދަ އެތައް ފިލްމެއް ހިމެނެއެެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 1998 ގައި ކުޅުނު ފިލްމް ‘ގިލާ’ އިން ނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top