ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނު އެދުމަށް ޖަވާބެއްނެތް

big_fMB8DFtDQbnMYno5cYKuYRivA.jpg

ތުޅާދޫ --ފޮޓޯ :އަވަސް

ބ.ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނު އެދުމަށް ޖަވާބެއް ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރަޢިސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކެންޕޭން ކުރުމުގެ ގޮތުން ރަށްވެހި ފަތިސް ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލު ވުމުގެ ތެރެއިން ތުޅާދޫގެ އެމްޑީޕީ ކެންޑިޑޭޓުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގެތެރޭގައެވެ
މި ބައްދަލު ވުމުގައި ތުޅާދޫ ކައުންސިލުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި، ތުޅާދޫގެ މަސްވެރިންނަށް އެންމެ ބޮޑަށް ބޭނުންވަނީ ބާނާ މަސްކޮޅު ރަށަށް ކިރޭނެ އިންތިޒާމެއް ހަމަޖެހިފަ އޮތުން ކަމަށާއި މިފްކޯގެ މަސް ކާރުހާނާއެއް ކޮންމެހެން އެރަށަށް ބޭނުންވާކަމަށް ރައީސަށް ވަނީ ދަންނަވާފައެވެ. ކައުންސިލްގެ  މި އެދުމަށް ރައީސް ސޯލިހު ދެއްވި ޖަވާބަކީ ތުޅާދޫގައި މަސްކިރޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލުން އެދުނު އެދުމަށް ޖަވާބެއް ދެވެން ނެތްކަމަށެވެ.
”މަހާއި ބެހޭގޮތުން މަސްކިރޭނެ ގޮތެއް ހަދައިދޭން ތި ވިދާޅުވީ އައިސް ޕްލާންޓް ބަހައްޓާއިރު، ތި އަޅުގަނޑު ނޯޓު ކޮށްފިން އަދި ޖަވާބެއް ނުދެވޭނެ. އެއީ މިއަހަރުތެރޭގަ އެހެން ދިމަދިމާގަ އަޅުގަނޑުމެން އެބަހުރި ބަޖެޓް ކުރެވިފަ. އިތުރަށް ބަޖެޓުން ތިރަށަށް އެލޮކޭޓް ކުރެވިދާނެތޯ އަޅުގަނޑު ބަލާނީ. އެއީ އެޔަށް ސީދާ ޖަވާބެއް އަޅުގަނޑަކަށް ނެތް މިރޭ ދެވޭކަށް.“ ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top