ލޮކްޑައުން އާއެކު ރާއްޖޭގައި ވަރީގެ ނިސްބަތް ދަށަށް!

wedding-ring.jpg

ކޮވިޑް ގެ ސަބަބުން ލޮކް ޑައުންގައި މިދިޔަ އަހަރު ގޭގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހުމުން ދުނިޔޭގައި ވެސް އެންމެ ވަރި ގިނަ ގައުމުގެ ލަގަބު ލިބިފައިވާ ރާއްޖޭގެ ވަރީގެ ނިސްބަތް ދަށަށް ހިނގައްޖެ އެވެ.

ތަފާސްހިސާބުން ދައްކާ ގިތުގައި މިދިޔަ އަހަރު ރާއްޖޭގެ ވަރީގެ ނިސްބަތް އޭގެ ކުރީގެ ދެ އަހަރާ އަޅާބަލާއިރު ހުރީ ވަރަށް ބޮޑަށް ދަށަށްގޮސްފަ އެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިޔުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2018 ވަނަ އަހަރު 5،000 އަށް ވުރެ ގިނަ ކައިވެނިކޮށްފައިވާއިރު، އެ އަހަރު 3،200 އެއްހާ ކައިވެނި ވަނީ ރޫޅިފަ އެވެ.

އަދި 2019 ވަނަ އަހަރު 5،000 އެއްހާ ކައިވެނި ކޮށްފައިވާއިރު، އެ އަހަރުގެ ވަރީގެ ނިސްބަތް ހުރީ 3،500 އާ ގާތްކުރާ އަދަދެއްގަ އެވެ.

މިދިޔަ އަހަރު ވެސް 5،000 އެއްހާ ކައިވެނި ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، ވަރީގެ ނިސްބަތް ހުރީ ގާތްގަނޑަކަށް 3،000 ގަ އެވެ.

ލޮކްޑައުންގެ ތެރޭގައި ދެމަފިރިން އެކުގައި ހޭދަކުރަން މަޖުބޫރުވި ގިނަ ދުވަސްތަކާއެކު، ރާއްޖެއެކޭ އެއް ފަދައިން އެއް ބައި ގައުމުތަކުގައި ވަރީގެ ނިސްބަތް ދަށަށް ދިޔަ ނަމަވެސް، ބައެއް އެހެން ގައުމުތަކުގައި ގިނަ ވަގުތު އެކީގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ވަރި އިތުރުވިކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެހެން ގިނަ ގައުމުތަކެކޭ އެއް ފަދައިން، ކޮވިޑުގެ ސަބަބުން ފެމިލީ ޕްލޭނެއްނެތި ދަރިން ލިބުނު ނިސްބަތް ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.

އަދި އެ ނިސްބަތް އުމުރުން 19 އަހަރުގެ އުމުރުފުރާގެ މީހުންގެ މެދުގައި އިތުރުވިއެވެ. އެގޮތުން ބޭނުން ނުވެ ހަތް ޕަސެންޓު މީހުން މާބަނޑުވެފައިވާކަމަށް ހިސާބު ތަކުން ދައްކަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top