ވަޒީފާ އަދާކުރާ އުމުރުގެ ދިވެހިންނަށްވުރެ ރާއްޖޭގައި ބިދޭސީން ގިނަ

bidheyseen-2.jpg

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ތަކެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންނަށްވުރެ ބިދޭސީން ގިނަ ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

އިއްޔެ ފާހަގަ ކުރި ދުނިޔޭގެ އާބާދީގެ ދުވަހު ސްޓެޓިސްޓިކްސް ބިޔުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ޖުމްލަ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީންނެވެ.

ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީގެ 32 ޕަސެންޓަކީ ބިދޭސީންނެވެ. އަދި ވަޒީފާ އަދާކުރާ އުމުރު ފުރައިގެ ތެރެއިން 20 އަހަރާއި 44 އަހަރާ ދެމެދު ދިވެހިންނަށް ވުރެ ބިދޭސީން ގިނައެވެ.

ބިދޭސީ މަސައްކަތް ތެރިން އެންމެ ގިނައީ ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. އެދާއިރާގައި 38 ޕަސެންޓް މީހުން މަސައްކަތް ކުރާއިރު ދެން އެންމެ ގިނައީ ފަތުރުވެރިކަމުގެ ސިނާއަތުގަ އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 18 ޕަސެންޓެވެ.

އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، ބޮޑު ބައެއް އަދިވެސް ދިރިއުޅެނީ ވެރި ރަށް މާލޭގަ އެވެ. އެގޮތުން، ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް މާލޭގެ އާބާދީއަކީ 234،454 އެވެ. އެއީ ޖުމްލަ އާބާދީގެ 41.3 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅެނީ އދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 20،639 މީހުން ދިރިއުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top