“އަސްލު ޖަލްސާ “ގައި ބައިވެރިވާން ބޭނުންތަ؟

big_XQY5OXcpDNNUgYZ.jpg

ޕީޕީއެމް އިން ބާއްވާފައިވާ ޖަލްސާއެއް

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން “އަސްލު ޖަލްސާ” ނަމުގައި އަންނަ ހުކުރު ދުވަހު ރޭ ކާނިވަލުގައި ބާއްވާ ޖަލްސާ ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އޭދަފުށިން މާލެ ދެވޭގޮތް ޕީޕީއެމް ޔާމީން ފެކްޝަނުން ހަމަޖައްސަވައިފިއެވެ.

މާލޭ އޮފީހުން ބުނީ  ޕީޕީއެމް މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވެސް “އަސްލުޖަލްސާ “ގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށާއި ، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯން ނަންބަރު 7951898 އާގުޅުއްވުމުން ދަތުރުގެ ކަންތައް ހަމަޖެހިގެން ދާނޭކަމުގައެވެ.

އެއޮފީހުން އިތުރަށް ބުނީ ޖަލްސާގައި ބައިވެރިވުމަށް މާލެ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ޕޮކެޓް މަނީއެއްގެ ގޮތުގައި 300ރ. ދޭނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top