ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

DSCN9866-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --އީވީ ފައިލް ފޮޓޯ

ދިރާސީ އާ އަހަރުގެ ކިޔެވުން 83،000 އަށް ވުރެ ގިނަަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

އެގޮތުން ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ 800އާ ގާތްކުރާ އަދަދެއްގެ ދަރިވަރުންނާއެކު މިއަދު ހެނދުނު ކިޔެވުން ފަށައިފަ އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިސްސިޕަލް އަހުމަދު ރަފީއު ވިދާޅުވި ގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވަނީ ކުރިންވެސް އޮތްގޮތަށް އެއްދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ޓީޗަރުންނާއި ވަސީލަތްތައް ފުރިހަމަވެ ރަނގަޅަށް ތައްޔާރުވެގެންނެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒާއެކުމިއަހަރު ސަރުކާރުގެ 212 ސުކޫލެއްގައި ކިޔަވައިދެމުންދާއިރު އެ ސުކޫލްތަކުގައި 73،067 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާނެ ކަމަށް އެޑއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި 212 ސުކޫލްގެ ތެރެއިން 150 ވުރެ ގިނަ ސުކޫލްތަކުގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށާ ސަރުކާރު ސުކޫލްތަކާއި، އަމިއްލަ ސުކޫލްތައް ހިމަނައިގެން 83،000 ވުރެ ގިނަ ދަރިވަރުން މިއަހަރު ތައުލީމް ހާސިލްކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އަހަރު 150 ސުކޫލެއްގައި އޯ ލެވެލްއަށް ކިޔަވައިދޭނެ އެވެ. އަދި 50 ސުކޫލެއްގައި އޭ ލެވެލްއާ ހަމަޔަށް ކިޔަވައިދޭނެ އެވެ. މީގެ އިތުރުން ޕްރީސްކޫލް ތައުލީމްވެސް 170 ވުރެ ގިނަ ސުކޫލްގައި ދިނުމަށް ހަމަޖެހިފައިވާއިރު އަމިއްލަ ފަރާތްތަކުން ހިންގާ ގިނަ ޕްރީ ސުކޫލުތަކުގައިވެސް އެތައް ސަތޭކަ ދަރިވަރުންނެއް ތައުލީމް ހާސިލް ކުރަމުންދާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top