ދައުލަތުގެ އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދެނީ

GbeYE4RbAAAKhid-850x548-1.jpeg

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަށް އެރުވުން--

ދިވެހި ދައުލަތުން މަތީ އިއްޒަތް އަރުއްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ނިންމައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް ހިމަނާފައި ވަނީ 1.2 މިލިއަން ރުފިޔާ އެވެ.

މިއީ ދައުލަތުގެ އިއްޒަތް އަރުއްވާފައިވާ ބޭފުޅުންނަށް އިނާޔަތެއް ދިނުމަށް ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ކުރިއަށް ހުރި އަހަރުތަކުގައި ވެސް މި އިނާޔަތް ބަޖެޓުގައި ހިމަނާނެ ކަމަށް ބަޖެޓު ބަޔާނުގައިވެ އެވެ.

ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ. މި އިއްޒަތްތައް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top