ބޮޑުފިނޮޅު ވިއްކާނުލުމަށް ތުޅާދު ކައުންސިލުން އެދެފި

32952628.jpg

ތުޅާދޫ

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބ.ބޮޑު ފިނޮޅު  ވިއްކާލަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ތުޅާދޫ ކައުންސިލުން ފާޅުކޮށްފިއެވެ.

ތުޅާދޫއާ ވަރަށް ކައިރީގައި އޮންނަ ބޮޑު ފިނޮޅަކީ މިހާރުވެސް ތުޅާދޫގެ ރައްޔިތުން ދަތުރު ގޮސް އުޅުމަށާއި އެހެނިހެން ބޭނުންތަކަށްވެސް ގޮސް އުޅޭ ރަށެކެވެ.

ތުޅާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  ތުޅާދޫގެ ބިން ހިއްކުމަށްފަހު ރަށުގައި ވަށައިގެން ބޮޑުހިލަޖާފައި ވުމުން މޫދަށް އެރި އުޅުމަށާއި ދަތުރު ދިއުންފަދަ ކަންކަމަށް  ހަމައެކަނި ދާން އޮތަ ރަށަކީ ބޮޑު ފިނޮޅުކަމަށް ވާތީއާއި ތުޅާދޫ ގެސްޓްހައުސް ތަކަށް އަންނަ ފަތުރުވެރިން ވެސް މޫދަށް އެރެން ގޮސް އުޅެނީ ބޮޑުފިނޮޅަށް ކަމަށް ވާތީ  މިރަށް ރިސޯޓަކަށް ބަދަލުކުރުމުން ތުޅާދޫގެ އިގްތިސާދަށްވެސް ހީނަރުކަމެއް އަންނާނެ ކަމުގައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ  ތުޅާދޫ ކައުންސިލްގެ ވަފްދެއް ހައުސިން މިނިސްޓަރ ޑރ.މުއިއްޒުއާއި ބައްދަލުކޮށް ތުޅާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ބޮޑު ފިނޮޅު އެގޮތުގައި ބާއްވައިދިނުމަށް އެދިފައިވާނޭ ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ވާން ނެތްކަމަށް މިނިސްޓަރ ޖަވާބު ދެއްވާފައިވާކަމުގައެވެ. އަދި ތުޅާދޫ ރައްޔިތުންގެ ކަންބޮޑުވުން ރައީސުމލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހަށްވެސް  ހުށަހަޅާފައި ވާނޭކަމަށް ތުޅާދޫ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top