ފީފާއިން އަތޮޅު ފުޓްބޯޅަ މުބާރާތަށާއި އަންހެން ފުޓްބޯޅައަށް އެހީތެރިވަނީ

df0e7893-67ec-44e2-a988-c7344055ca1f.webp

އެފްއޭއެމުން ފަށަން ތައްޔާރުވަމުން އަންނަ އަތޮޅު ފުޓްބޯޅަ މުބާރާތަށް 266000 ޑޮލަރު ދޭން ފީފާއިން ނިންމާފައިވާކަމަށް  ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

މިކން ހާމަކުރައްވާފައިވަނީ ފީފާގެ ވެބްސައިޓުގަ އެވެ.

އަތޮޅުތަކުގެ 49 ޖަމިއްޔާއަކުން ވާދަކުރާ މި މުބާރާތުގައި އަތޮޅު ބުރާއި ޒޯން ބުރު ކުޅެ އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމް ކޮލިފައިވާނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެފްއޭއެމުން ފަށާ އަންހެން ފުޓްބޯޅަ މުބާރާތަށް ވެސް ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ފީފާއިން ދީފައިވެ އެވެ.

އިންފަންޓީނޯ ރާއްޖޭއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top