އޭދަފުށި މިރޭ ނުކުންނަނީ ކުޑަހުވަދޫއާ ދެކޮޅަށް

b_8Fzk8HJ2DWbRettpTceaHxeFe.jpeg

އިޝާން އަލީ (ސައްޓު) --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލް ބުރުގެ ކުއާޓާ ފައިނަލްގައި މިރޭ އޭދަފުށި ނުކުންނާނީ މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު ދ. ކުޑަހުވަދޫއާއި ދެކޮޅަށެވެ.

ކުދަހުވަދޫ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޔަމާން ބުނީ އިރާދަކުރެއްވިއްޔާ ކުއާޓާގައި ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމަށް މި އުންމީދު ކުރާ ކަމަށެވެ.

އޭދަފުއްޓަށް ޒޯން ތަށި ގެއްލުނު ނަމަވެސް، އެޓީމުން ގަދަ 16 ގައި ވަނީ ހިތްވަރާއެކު ފުވައްމުލަކު ސިޓީގެ ދަނޑިމަގު ބަލިކޮށްފައެވެ. އެ މޮޅާއެކު ޓީމަށް ހައްލުތަކެއް ހޯދެމުންދާ ކަމަށް މެނޭޖަރު މުހައްމަދު ޖަޒުލާން ޖާދުﷲ ބުންޏެވެ.

“ގަދަ 16ގައި މޮޅު ހޯދުނީ މުޅި ޓީމު ކުރި ހިތްވަރާއެކު ހޯދުނު މޮޅެއް. ގޯލު ޖެހުމުގެ ކަންތައްވެސް މެޗަކަށްވުރެ މެޗެއް ރަނގަޅުވެގެން މިދިޔައީ. އެ ގޯލު ނުޖެހުމުގެ މައްސަލައާއެކު ކުރިން މައްސަލަތައް ދިމާވީ ޓީމަށް. އެކަން ރަނގަޅުކޮށް ދެން އޮތް މެޗަށްވެސް ނުކުންނާނީ،” ޖަޒުލާން ބުންޏެވެ.

އޭދަފުއްޓާއި ކުޑަހުވަދޫ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައި ރެހެންދި ދަނޑު ދޭއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top