ފުލުހުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

big_nWPk3hzA1HJK4Rgbh77R0j0u5.jpg

ފުލުހަކު ބޮޑީ ކެމެރާ އަޅައިގެން

”ބޮޑީ ވޯން ކެމެރާ“ ނުވަތަ ގައިގައި ހަރުކުރާ ކެމެރާ މިއަދު ފުލުހުން ބޭނުން ކުރަން ފަށައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކްލައިމެޓް ޗޭންޖް އެންޓް ޓެކްނޮލަޖީ މިނިސްޓަރު އައިޝަތު ޝައުނާ ބައިވެރިވެވަޑައިގަތެވެ.

ފުލުހުން މިވަގުތު އޮޕަރޭޓް ކުރާނީ 200 ކެމެރާ އެވެ. ކެމެރާ ބޭނުންކުރަން އަދި ފަށާފައި ވަނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީގަ އެވެ. އެހެންނަމަވެސް މުސްތަގުބަލުގައި ފުލުހުންގެ ހުރިހާ ސަރަހައްދެއްގައި ކެމެރާ ބޭނުންކުރަން ފަށާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ

އަދި އިތުރު 1200 ކެމެރާ ހޯދުމަށް ސަރުކާރާ މަޝްވަރާކޮށްގެން އެތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިވަގުތު ހުރިހާ ފުލުހުންނަށް ކެމެރާގެ ވަސީލަތް ބޭނުން ނުކުރެވުނު ނަމަވެސް، މި ވަސީލަތް ފުލުހުންގެ ހިދުމަތުގައި ފުޅާކުރައްވާނެ ކަމަށާއި ފުލުހުންގެ ޕްރޮންޓްލައިން އާއި އޮޕަރޭޝަނަލް މަގާމުތަކުގައި މަސައްކަތްކުރާ އިތުރު ފުލުހުންނަށް ވެސް މި ވަސީލަތް ތައާރަފްކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ބޮޑީ ވޮން ކެމެރާ ބޭނުން ކުރާ ހަމައެކަނި ބޭނުމަކީ ފުލުހުން ގޯސްކަމެއް ކުރާތޯ ބަލާ ފާރަވެރިވެ، ފިޔަވަޅު އެޅުން ނޫން ކަމަށާއި ފުލުހުންގެ ތަފާތު ގިނަ މަގުސަދުތައް ހާސިލް ކުރުމަށް ބޮޑީ ކެމެރާގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެގޮތުން ފުލުހުންގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމް ތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ކެމެރާތައް އޮޕަރޭޓް ކުރާނެ ހާއްސަ އުސޫލެއް އެކުލަވާލާފައި ވާއިރު، މި އުސޫލުގެ ދަށުން ފުލުހުންނާއި އާންމުން ކުރާ ހުރިހާ މުއާމަލާތެއް ރެކޯޑުކުރެވޭނެ އެވެ. އަދި އެފަދަ ވީޑިއޯއެއް އާންމުކުރަން ޖެހިއްޖެ ހާލަތެއްގައި އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

މީގެ ސަބަބުން އާންމުން ފުލުހުންނަށް ކުރާ އިތުރުބާރު ބޮޑުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top