6 މަސް ނުވާ ކުދިންނަށް ފެން ނުދޭން އެޗްޕީއޭގެ އިލްތިމާސެއް

jhgcf.jpg

އުމުރުން ހަ މަސް ނުވާ ތުއްތު ކުދިންނަށް ފެން ނުދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެޗްޕީއޭ އިން ބުނީ ކިތަންމެ ހޫނު މޫސުމެއް ކަމަށް ވިޔަސް ތުއްތު ކުދިންނަށް ހަ މަސްވުމުގެ ކުރިން ފެން ބޭނުން ނުވާނެ ކަމަށެވެ. އަދި މައިމީހާގެ ގާތުން ދޭ ކިރުގެ 88 ޕަސެންޓަކީ ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުން ދޭ ކިރުން ފުދޭނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެތަނުން ބުނީ މައިމީހާގެ ކިރަކީ ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ހަކަތައަކާއި، ކާނާގެ މުހިންމު މާއްދާތަކުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ފެން ވެސް ފުރިހަމައަށް ފޯރުކޮށްދޭ އެއްޗެއް ކަމަށެވެ.

މޫސުން ހޫނު ދުވަސްވަރެއް ނަމަ، ހަ މަސް ނުވާ ކުދިންނަށް އާދައިގެ މަތިން ކިރުދޭ ވަރަށް ވުރެ ގިނައިން ކިރު ދިނުން މުހިންމު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ހަމަސްނުވާ ތުއްތު ކުދިންނަށް ފެން ދިނުމަކީ އެކުދިންގެ ސިއްހަތަށް ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އާއްމުކޮށްވެސް ޑޮކްޓަރުން މައިންނަށް އެންމެ ގިނައިން ދޭ އެއް ނަސޭހަތެވެ. ޑޮކްޓަރުން ލަފާދެއްވަނީ މި ދުވަސްވަރު ދަރިފުޅަށް ހަމައެކަނި މައިކިރު ނުވަތަ މައިމީހާ ގާތުން ނުދެވޭނަމަ ފޯމިއުލާ ކިރު ދިނުމަށެވެ.

އެއީ ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ ހުރިހާ ފެނެއް އޭގެއިން ލިބޭތީއެވެ. ހަމަސް ނުފުރޭ ކުދިންނަށް ފެން ނުދޭން ޑޮކްޓަރުން ލަފާދެއްވާ މައިގަނޑު އެއް ސަބަބަކީ ފެން ވިހަވުން ފަދަ ކަމެއް ކުރިމަތިވެދާނެތީއެވެ. އެގޮތުން މި އުމުރުގައި ކުދިންގެ ކިޑްނީ ފުރިހަމައަށް ހެދިބޮޑުނުވާތީ، ހަށިގަނޑަށް އެތެރެވާ އިތުރު ފެން ބޭރުކުރުމުގެ ގާބިލުކަން ނުހުރުމަކީ މައިގަނޑު އެއް ސަބަބަބެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top