ޕްރިންސިޕަލުންގެ ސްކޮލާޝިޕަށް 60އަށް ވުރެ ގިނަ ހުށަހެޅުން

163106_3_8e812215ae513ecfa988b0ac26746c42b0c660d4_large.jpg

ބައެއް ޕްރިންސިޕަލުން

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި 20 ސްކޮލާޝިޕަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

މި ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ސްކޮލާޝިޕް ލިބޭ ފަރާތްތަކުން އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން، މެލޭޝިއާގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އެވެ.

އެ ސްކޮލަޝިޕް ލިބޭ މީހުންގެ ކިޔެވުމުގެ ހުރިހާ ހަރަދާއެކު މުސާރައާ އެއްވަރުގެ އެލަވަންސާއި ދެކޮޅު ޓިކެޓް ވެސް ލިބެއެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި ހަމަވިއިރު މިކަމަށް 64 މީހަކު ކުރިމަތިލިއިރު އޭގެ ތެރެއިން ޝަރުތު ހަމަވަނީ 43 މީހެއް ކަމަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީލީމީ ދާއިރާ އިން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައި ވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައި ވުމެވެ.

ސްކޮލާޝިޕަށް ހޮވޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ވަކި ދާއިރާ ތަކަކުން މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ މީހުން ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ތަޖުރިބާއަށް 30 ޕަސަންޓާއި އިންޓަވިއުގައި ހުށަހަޅާ ޕްރެޒެންޓޭޝަނަށް 30 ޕަސަންޓުގެ އތުރުން އިންޓަވިއު އަށް 40 ޕަސަންޓެވެ.

ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ސްކޮލަޝިޕްތަކަކަށް ފުރުސަތު ހުޅުވާލި އިރު ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ނުލިބުމާއި މިކަމަށް އެކަށީގެންވާ މީހުން ކުރިމަތި ނުލުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top