ކުންފުނީގެ މަސައްކަތުގައި އިންދާ ނިޔާވުމުން މުސާރަ އާއި އިނާޔަތް ދަރިފުޅަށް

hanaa.jpg

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވާމިލިއަން ކުންފުނީގައި 13 އަހަރުވަންދެން މަސައްކަތް ކޮށްފައިވާ ހަނާ އަބްދުއްސައްތާރު އެ ކުންފުނީގެ އޮފީހުގެ މަސައްކަތުގައި އިންދާ ކުއްލި ގޮތަކަށް މަރުވުމުން އޭނާގެ މުސާރަ އާއި އިނާޔަތްތައް އޭނާެ 18 އަހަރު ނުފުރޭ ދަރިފުޅަށް ދޭ ގޮތަށް އެކުންފުނިން ނިންމައިފި އެވެ.

ވާމިލިއަންގެ ރިޒަވޭޝަން މެނޭޖަރު ހަނާ އަބްދުއްސައްތާރު، އުމުރުން 30އަހަރުގައި ނިޔާވީ މިދިއަ އާދިއްތަ ދުވަހު އޮފީހުގައި އިންދާ ޖެހުނު ސްޓްރޯކަކަށް ފަރުވާ ދެމުން ދަނިކޮށް،އޭގެ ތިންދުވަސް ފަހުންނެވެ.

ވާމިލިއަންގެ ޕަބްލިކް ރިލޭޝަން އޮފިސަރު ހުސައިން ޝިޔާހު ވިދާޅުވީ ހަނާ، އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ހުރީ ކުންފުނީގެ ހިދުމަތުގައި ކަމަށެވެ.

“އަޅުގަނޑުމެންގެ ކޮންމެ މުވައްޒަފަކަށް ވެސް މި އުސޫލު އޮންނާނެ. ނަމަވެސް މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު. ހަނާ އަކީ މި ކުންފުނީގެ ހުންގާނެއް. އެހެންވީމަ ހަނާގެ މުސާރައިގެ ގޮތުގައި ދެމުން އައި 16،000 ރުފިޔާ އާއި އެހެން ހުރިހާ އިނާޔަތްތަށް ވެސް އަޅުގަނޑުމެން އޭނާގެ ދަރިފުޅަށް ދޭނަން. 18 އަހަރު ވިޔަސް ބޭނުން ދާއިރާއަކުން ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމަށް ހުރިހާ ހަރަދެއް ދޭނެ” އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަނާއަކީ ކުންފުންޏަށް ދިމާވި ހުރިހާ ގޮންޖެހުމެއްގައި ވެސް ކުންފުންޏާއެކު ހުރި މުވައްޒަފެއް ކަމަށެވ.އަދި އެއީ މަސައްކަތަށް ވަރަށް ފަރުވާތެރި ކުއްޖެއްކަމަށްވާތީ އެކަމުގެ އަގު ވަޒަންކުރަން ބޯޑުން ނިންމީ ކަމަށެވެ.

ހަނާ ނިޔާވި އިރު ފިރިއަކާއި ހަ އަހަރުގެ ފިރިހެން ކުއްޖަކު ހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top