ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

300585838_435606668611658_6933377383094814327_nw-ptn2p0quzzvfp0pzo7nvp5xw80ww4rtm9sujm1ouj8.jpg

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގައުމީ ކެމްޕޭނެއް ފަށައިފިއެވެ.

”ފަސްގަނޑު“ގެ ނަމުގައި އިއްޔެ ފެށި މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

މި ކެމްޕެއިނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ހިމެނޭހެން ގައުމީ ފެންވަރުގައި ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

މިކެމްޕެއިނުގެ ދަށުން މައިގަނޑު ފަސް ދާއިރާއަކުން އާންމުން ހޭލުންތެރި ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ސިއްހީ، އިޖުތިމާއީ، ތައުލީމީ، ޖެންޑާގެ އިތުރުން އިގުތިސާދީ ދާއިރާ އެވެ.

އެގޮތުން ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގައާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު ދިރިއުޅުމުގައި ބޭނުންކުރަމުން އައި ތަކެތި ވަރަށް ބޮޑަށް ބަދަލުވެ މިތަކެތި ނައްތާނުލެވޭ މިންވަރަށް ކުނީގެ ގޮތުގައި އުފެދޭ ކަމަށެވެ. ވަކިން ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ނައްތާލާނެ ކެޕޭސިޓީ ނެތް ވަރަށް ކުނި އުފައްދަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިކަންކަން ހައްލުވާނީ މިކަމުގައި އަމިއްލައަށް ޒިންމާ ނަގައިގެން ކަމަށެވެ.

ރާއްޖޭގައި ކުނި މެނޭޖްކުރެވެން އޮތް ހަމައެކަނި ގޮތަކީ އިސްރާފު ކުރުން ކުޑަކުރުންކަމަށާއި ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރާނަމަ ރާއްޖޭގެ ރީތިކަން ޒަމާންތަކަކަށް ދެމެހެއްޓިގެން ދާނެކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި މިއީ ވަރަށް ބުރަ މަސައްކަތެއްކަމަށާއި މިކަން ކުރުމަށް ވަރަށް ބައިވަރު ދުވަސް ނަގާނެކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރެވޭނެ ވަސީލަތްތައް ރަށްރަށުގައި ނެތުމާއި، ކުނީގެ ފަރުބަދަތައް އުފެދި އެ ކުނި ރަށުން ބޭރުކުރެވޭނެ ގޮތެއް ނެތި އޮތް އެތައް ރަށެއް ރާއްޖޭގައި އެބައޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top