ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކަށް އަނިޔާކުރުން؛ ޖެންޑާ އިން އެދެނީ ވީޑިއޯ ދައުރު ނުކުރަން

24435605-850x548.jpg

ގދ.ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސް ރޫމެއްގެ ތެރޭގައި ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކްލާސް ރޫމެއްގެ ތެރޭގައ އިށީނދެގެން އިން ކުއްޖަކު ކައިރިިއަށް ގޮސް އެހެން ކުއްޖަކު ފޮތެއް އަތުލައި އެފޮތުންނާއި ދަބަހުން ގައިގައި ތަޅައި ގަންނަ މަންޒަރު ފެނެއެވެ.

އެ ދެ ކުދިންތައް ދުރުކުރަން ކްލާހުގައި ދެން ތިބި ކުދިން މަސައްކަތްކުރާތަން ފެނެއެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ޝެއާ ކޮށްފައިވާ ބައެއް މީހުން ބުނި ގޮތުގައި އަނިޔާ ލިބުނު ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު އެހެން ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރައްވައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރު (ފޮޓޯ/ވީޑިއޯ) އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެއެވެ.

އެހެންކަމުން ޖެންޑާ މިނިސްޓްރީން ވަނީ އެ ވީޑިއޯ އިން ކުޑަކުދިންތަކެއް ފެންނާތީ މީޑިއާތަކުގައި އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top