ހިރަފުސްދަނީ ބޯވަމުން. ރޯގާތައް އިތުރުވާނެ – ސިދުގީ

sidgee.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ އީވީއަށް އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވަނީ ހިރަފުސް ބޯވަމުންދާތީ ސަމާލުވާންޖެހޭކަމަށް / އީވީ ފޮޓޯ

ކުރިޔަށް އޮތީ އިރުވައި މޫސުމުގެ ހަނަފަސް ދުވަސްތައް ކަމަށާ، އަތޮޅުގެ ރައްރަށުގައި ހިރަފުސްބޯވެ، ރޯގާތައް އިތުރުވުމުގެ ޗާންސް ވަރަށްބޮޑުކަމަށް ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ސިއްހީކަންކަން ހުރިނެތްގޮތާ ބެހޭގޮތުން ބުރާސްފަތި ދުވަހު އީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިދުގީ ވިދާޅުވީ ކުރިޔަށް އޮތީ އާންމުން ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭ ދުވަސްތަކެއްކަމަށާ، ރައްކާތެރިނުވެއްޖެނަމަ ލަނޑުލިބޭނެކަމަށެވެ. އޭނާ ވިދާޅުވީ ހަނަފަސް ދުވަސްތަކަކާ ކުރިމަތިވާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ހިރަފުސްބޯވެ، ވައިނުސާފުވުމުގެ މައްސަލަކަމަށެވެ.

“ވަރަށް ބޮޑަށް ހިރަފުސް ބޯވަމުން މިދަނީ، އެހެންވީމާ، ހާއްސަގޮތެއްގައި ކުޑަކުދިން މަގުމައްޗަށް ނެރޭއިރު ވަރަށް ބޮޑަށް ސަމާލުވެލައްވަންޖެހޭ. އަދި ގޭތެރެވެސް ވީހާވެސް ސާފުތާހިރުކޮށް ބާއްވަންޖެހޭ. ނޫންނަމަ އެކިކަހަލަ ރޯގާތައް ދާނީ އިތުރުވަމުން” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ މިދުވަސްވަރުވެސް އަތޮޅުތެރެއިން ރޯގާގެ އަސަރުތައް ފެންނަމުންދާކަމަށާ، އެހެންނަމަވެސް ސީރިއަސް މާބޮޑު މައްސަލައެއް ނެތްކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top