އިންޓަނެޓް އަގުހެޔޮކުރަން އަދި ނުނިންމާ

large_1581424998546fNv.jpg

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް

އަންނަ ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓް އަގުހެޔޮ ކުރަން ނިންމާފައިވާ ކަމަށް ފަތުރަމުންދާ ހަބަރު ސަރުކާރުން ދޮގުކޮށްފި އެވެ.

ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ނިންމާ ކުންފުނިތަކާއެކު ސަރުކާރަަށް އެއްބަސްވުމަކަަށް އާދެވިފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރަމުން ދަނިކޮށް
ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ޖުލަައިގައި އިންޓަނެޓް އަގުހެޔޮވާނެ ކަމަށް ބުނެ ފަތުރަނީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދު ފުއްދެވުމަށް ހިދުމަތްދޭ ކުންފުނިތަކާ ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދާ ކަމަަށެވެ. ނަމަވެސް މިވަގުތަށް ވަކި މުއްދަތަކަށް އަދި ވަކި އަގުތަކަކަށް އެއްބަސްވެވިފައިނުވާ ކަމަށެވެ.

ނަމަވެސް އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން މިރޭވެސް ދެެއްވިއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު މިހާރު ފުއްދިފައިވާ ކަމަށާ އިންޓަނެޓް އަގު ހެޔޮ ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް މީގެ ކުރިން ވިދާޅުވިއެވެ. އެ ފަހަރުވެސް އެ ވާހަކަތައް ފައްޔާޒު ދޮގުކުރައްވާ ހަގީގަތް ސާފުކޮށްދެއްވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top