އޭދަފުށީ ކުނީގެ މަޝްރޫއުން 250،000 ރ.ގެ ބޮޑު ގެއްލުމެއް!؟

DSCN5026.jpg

އޭދަފުށީގެ ގޭގެއިން ކުނިނަގައި މެނޭޖް ކުރުމުގެ މަސައްކަތުން 2016 ވަނަ އަހަރު ފަހު ތިންމަހު އޭދަފުށީ ކައުންސިލަށް ދެލައްކަ ފަންސާސްހާސް ރުފިޔާއަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާކަން ހާމަވެއްޖެއެވެ.

އޭދަފުށީ ވޮއިސް އިން ކުރިޔަށްގެންދިޔަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ސިލްސިލާ މަސައްކަތްތަކެއްގެ ދަށުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އޭދަފުށީ ކައުންސިލުން މިމަޝްރޫއުގެ ބޮޑު ޚަރަދެއް 2016 އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް ކޮށްފައިވަނީ ކުނިއުކުމަށް ބޭނުންކުރި ޕިކަޕް ތަކަށެވެ. އޭގެ އިތުރުން އެމަސައްކަތުގައި ގެންގުޅޭ މުވައްޒަފުންގެ މުސާރައަށެވެ.

އޭދަފުށީ ކައުންސިލުން ދެފަހަރެއްގެ މަތީން އެދިގެން ލިބުނު މައުލޫމާތަށް ބަލާއިރު އޮކްޓޯބަރުމަހު ކުނި އުކާލައިގެން ގޭގެއިންނާ، އެހެނިހެން ތަންތަނުން ފީގެ ގޮތުގައި ލިބިފައިވަނީ -/55640ރ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި އެމަހު -/120318ރ ހިނގާފައިވެއެވެ. (ޕިކަޕް ކުއްޔަށް: -/84300ރ، މުސާރައަށް: -/36018). މިހިސާބުތަކަށްބަލާއިރު، ކައުންސިލަށް އޮކްޓޯބަރމަހު ގެއްލުންވެފައިވަނީ -/64678ރ އެވެ.

ނޮވެމްބަރމަހު ކުނި އުކާލައިގެން ގޭގެއިންނާ، އެހެނިހެން ތަންތަނުން ފީގެ ގޮތުގައި ލިބިފައިވަނީ -/47986ރ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި އެމަހު -/131132ރ ހިނގާފައިވެއެވެ. (ޕިކަޕް ކުއްޔަށް: -/89400ރ، މުސާރައަށް: -/41732ރ އެހެނިހެން: -/2352). މިހިސާބުތަކަށްބަލާއިރު، ކައުންސިލަށް ނޮވެމްބަރމަހު ގެއްލުންވެފައިވަނީ -/85498ރ އެވެ.

ޑިސެމްބަރމަހު ކުނި އުކާލައިގެން ގޭގެއިންނާ، އެހެނިހެން ތަންތަނުން ފީގެ ގޮތުގައި ލިބިފައިވަނީ -/38920ރ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި އެމަހު -/143723ރ ހިނގާފައިވެއެވެ. (ޕިކަޕް ކުއްޔަށް: -/89700ރ، މުސާރައަށް: -/54023ރ). މިހިސާބުތަކަށްބަލާއިރު، ކައުންސިލަށް ޑިސެމްބަރގެއްލުންވެފައިވަނީ -/104803ރ އެވެ.

އޭދަފުށީ ކައުންސިލްގެ މިހިސާބުތަކަށް ބަލާއިރު 2016 ވަނައަހަރުގެ ފަހުތިންމަހު ކުނީގެ މަޝްރޫއިން އޭދަފުށީ ކައުންސިލަށް 254،979ރ (ދެލައްކަ ފަންސާސް ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ ނުވަރުފިޔާ) ގެއްލުންވެފައިވެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ގެއްލުންބޮޑު މިމަޝްރޫއުން ލިބޭ ފައިސާއިން  “ނުވެގެން ކައުންސިލުން ޚަރަދު ކުރަމުންދަނީ އޭދަފުށީގެ ކުނި މެނޭޖް ކުރުމަށްޓަކައި ސަރުކާރުން މީގެކުރިން ދެއްވާފއިވާ ފައިސާގެ ތެރެއިން ކުނިކޮށީގައި ނައްތާނުލެވޭ ޒާތުގެ ތަކެތި ތިލަފުއްޓަށް ގެންދިއުމަށް ޚަރަދު ކުރުމަށްފަހު ބާކީވެފައިވާ -/282،860 ރުފިޔާގެ ތެރެއިން” ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top