ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާތަން ފެނުމުން ލޭކެކި ރުޅިވެސް އާދެވޭ: އެމްޕީ އަލީ!

alu-hussain-majlis-n7pbtrafj3dmjdcgytvqbhinzt6o8m5gqr944h90mo.jpg

ދިވެހި ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭކެކި ރުޅި އާދެވި ދެރަވާ ކަމަށާ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

މަސައްކަތު މާހައުލުގައި ހިނގާ ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ދެކޮޅަށް، ރޭ ޒުވާނުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހްތިޖާޖުގައި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ބަޔަކު ހައްޔަރުކުރުމުގެ އިތުރުން އެ މުޒާހަރާގައި ބައިވެރިވި މީހުންނަށާއި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާތީ އެކަމާ ގުޅިގެން އެމްޕީ އަލީ ވިދާޅުވީ ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ފެނުމުން ލޭ ކެކޭ ކަމަށާއި، ރުޅިވެސް އަންނަކަމަށެވެ. އަދި ދެރަވާކަމަށްވެސް ވިދާޅުވެ އަލީ ވަނީ ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރަން އެކަށީގެންވާ މަސައްކަތެއް މިސަރުކާރަށްވެސް އަދި ކުރެވިފައި ނުވާކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

“‏އިންސާނީ ހައްގާއި ކޮރަޕްޝަނާއި އަނިޔާގެ ވާހަކައަކީ ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރާ ހަތިޔާރަށްވެ ނިމޭނަމަ، ރައްޔިތުންގެ އިތުބާރު އެވާހަކަތަކަށް ދެނެއް ނޯންނާނެ. އިސްލާހު ވާން އެދޭނަމަ ފުރުސަތު ނަގާނުލާ.”  އަލީ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވިއެވެ.

ޒުވާނުންގެ މޫވްމަންޓް ”ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ކުރި ސުލްހަވެރި ހިނގާލުން ފެށީ މާފަންނުކޮޅު ސޯޝަލް ސެންޓަރާ ހަމައިންނެވެ. އެކަމަކު މުޒާހަރާ ފަށައިގެން މާދުރަކަށް ނުދެވެނީސް ފުލުހުން ވަނީ އެ އެއްވުމަށް ހުރަސް އަޅައި މުޒާހަރާ ރޫޅާލުމުގައި އެއްވި މަދު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ.

ޚާއްސަކޮށް ޒުވާން އަންހެން މީހަކު ބިންމައްޗަށް ވައްޓާލައި އޭނާ އަތުގައި ފަހަތަށް ބިޑި އަޅުވައި، މޫނަށް އަމާޒުކޮށް ޕެޕާސްޕްރޭ އިންތިހާއަށް ޖެހިތަން ވަނީ ފެނިގެން ގޮސްފައެވެ. ފުލުހުންނަށް މުޒާހަރާތަކުގައި ޕެޕާސް ޕްރޭ ބޭނުން ކުރެވޭ ހާލަތާއި ކަނޑައެޅިގެން ޚިލާފަށް ރޭގެ މުޒާހަރާގައި ޕެޕާސްރޭ ބޭނުންކޮށް ޕެޕާސްޕްރޭ ޖަހާފައިވެއެވެ. ޚާއްސަކޮށް ވަކި މީހަކަށް ނުވަތަ ވަކި މީހެއްގެ މޫނަށް އަމާޒުކޮށް ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހާފައެވެ. މިއީ ކަޑައެޅިގެން ފުލުހުން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެ

ފުލުހުންގެ އިދާރާއިން ބުނީ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް، ވަރަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިންނާއި ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން މިހާރު ބަލަން ފަށާފައިކަމަށެވެ. މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދުވެސް މިއަދު ވަނީ ވިދާޅުވެފައެވެ. އާންމުންގެ ފާޑުކިއުންތަކާއެކު ހޯމް މިނިސްޓަރ އިމްރާންވެސް ވަނީ ހަމަ މިފަދައިން ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top