އަންހެނުންގެ ކޮމިޓީގެ މުސާރަ، އަންނަ ޖަނަވަރީން ފެށިގެން ދެގުނަ ބޮޑުވާނެ!

large_1631031893205bJs.jpg

ށ. ޅައިމަގު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މުސާރަ އަންނަ ޖަނަވަރީ މަހުން ފެށިގެން ދެ ގުނަ ބޮޑުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ށ. އަތޮޅާއި ރ. އަތޮޅަށް ރައީސްގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ށ. ޅައިމަގަށް ވަޑައިގެން ޅައިމަގު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރަ ހަމަޖެހިފައިވާގޮތުން މިހާރު ލިބެމުން އަންނަނީ ކޮމިޓީގެ ރައީސަށް އެލަވަންސާއެކު މަހަކު 3000 ރުފިޔާގެ މުސާރައެކެވެ. އެހެން މެންބަރުންނަށް 2500ރުފިޔާ އެވެ. ނަމަވެސް ޖެނުއަރީގައި ގެންނަ ބަދަލާއެކު ރައީސްގެ މުސާރަ 6000 ރުފިޔާ އަށް ބަދަލުވެގެން ދާނެއެވެ. އަދި ނައިބު ރައީސްގެ މުސާރަ 5500 ރުފިޔާ، އެހެން މެންބަރުންނަށް 5000 ރުފިޔާ ލިބޭނެ އެވެ.

 

އެ ކޮމިޓީތަކަށް މުސާރައާއި، އެލަވަންސްގެ ގޮތުގައި މިހާރު ލިބެނީ ރައީސަށް 3،000ރ. އެވެ. ނައިބު ރައީސަށް2500ރު. އަދި އެހެން މެންބަރުންނަށް 2000ރުފިޔާ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top