ބ. ފުޓްބޯލް ޗެލެންޖް: ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޭދަފުށި ސެމީއަށް

DSCN8673.jpg

އޭދަފުއްޓާއި ކުޑަރިކިލު ވާދަކުރި މެޗްގެ ތެރެއިން -- ފޮޓޯ :އީވީ

މިއަދު ހަވީރު އޭދަފުށީގައި ކުޅެވުނު ބ.ފުޓްބޯލް ޗެލެންޖްގައި ކުޑަރިކިލާއި އޭދަފުށި ވާދަކުރި މެޗް 3-4 އިން އޭދަފުށި މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އޭދަފުށި ސެމީއަށް ހިގައްޖެއެވެ. އޭދަފުށި ވަނިީ ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.

މިމެޗުން ކުޑަރިކިލު ބަލިވުމުން އެޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

މިއަދުގެ މެޗުގައި އޭދަފުށިން ލަނޑު ޖެހީ މުހައްމަދު ފާސިރު، އުނެއިސް ޒުބެއިރު، އަހުމަދު އަޝްރަފް އަދި އަލީ ނަސީމްއެވެ. ކުޑަރިކިލުން ލަނޑުޖަހާފައިވަނީ ހަސަން ޔާސިރު އަދުނާން، ހުސެއިން ހަނާން އަދި އަހުމަދު ނިހާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ  އޭދަފުށި ޓީމްގެ ޝާހީ މޫސާއެވެ.

ސެމީފައިނަލްގައި އޭދަފުށި ވާދަކުރަން ޖެހޭނީ ގްރޫޕް ސީގެ އެއްވަނަ ޓީމާއެވެ. މިދެ ގްރޫޕް އެއްކޮށް ދެވަނަ ހޯދާ ޓީމަށްވެސް ސެމީގެ ފުރުސަތު ލިބޭނެއެވެ.

މުބާރާތުގައި މާދަމާ ވާދަކުރާނީ ހިތާދޫއާއި ކިހާދޫއެވެ.

މި މުބާރާތަކީ ފޯސީޒަން ރިސޯރޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރުން ސްޕޮންސަރކޮށްގެން، އޭދަފުށީ ވެސްޓްވިންގްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top