ޕްރޭނާއާއި އަނޫރާގް- ހަގީގަތުގައިވެސް ދެބިޓުން ތަ؟  

kzk-2-jan-9.png

ސްޓާރޕްލަސް އިން ގެނެސްދޭ މަޝްހޫރު ޑްރާމާ،ކަސޯޓީ ޒިންދަގީކޭ ގެ ދެވަނަ ބައި، ކޮވިޑް 19ގެ ސަބަބުން މި ދުވަސްވަރު މެދުކެޑިފައި އޮތް ނަމަވެސް މިއީ އަހަރެމެންގެ ތެރޭގައި ވަރަށް މަގްބޫލު ޑްރާމާއެކެވެ. މި ޑްރާމާގައި ޕްރޭނާ ޝަރްމާ (އެރިކާ ފެނާންޑޯޒް) އާއި އަނޫރާގް ބާސޫ (ޕާތު ސަމްތާން )ގެ ކެމިސްޓްރީ މޮޅު ކަމުން މި ދެތަރިންނަކީ  ހަގީގަތުގައިވެސް ދެ ބިޓުން ބާއޭ ކުރެވޭ ސުވާލަށް އަދި ވަނީ ޖަވާބު ނުލިބިއެވެ.

ޑްރާމާގައި މިދެ ތަރިންގެ ގައިގޯޅިވުމާ ގުޅުން ރަނގަޅުކަމުން ބެލުންތެރިން ޝައްކު ކުރަނީ އަސްލުގައި ވެސް މިއީ ޖޯޑެއް ކަމަށެވެ. އެކަމަކު އެރިކާ ބުނަނީ އެމިހުންނަކީ ރައްޓެރިވެގެން އުޅޭ ބައެއް ނޫންކަމަށެވެ.

މި އަޑުތައް ކިތަންމެ ވަރަކަށް ފެތުރިގެން ދިޔަ ނަމަވެސް އެރިކާ ބުނަނީ އެކަމާ ކަންބޮޑުނުވާ ކަމަށެވެ.

މި ފަދަ ދޮގު ޚަބަރުތަކާހުރެ އުނދަގުލެއް ނުވޭހޭ ނުވަތަ ޕާތު އާއެކު އޮތް ގުޅުމަށް އެއްވެސް ކަހަލަ ބުރުލެއް ނާރާތޯ އީޓައިމްސް ޓީވީއިން ސުވާލު ކުރުމުން އެރިކާވަނީ  ޖަވާބު ދީފައެވެ.

“އާނ. ޕާތުއާއެކު އޮންނަ ގުުޅުމަށް މި އަޑުތަކުގެ ސަބަބުން އެއްވެސް ބަދަލެއް ނާދޭ. އޭނާގެ އަމިއްލަ ދިރިއުޅުމެއް އޮވޭ. ބައެއް ފަހަރު އަހަރެމެން ދެމީހުން އެކީގައި އުޅޭތީ މީހުން ޝައްކު ކުރަނީ. އެހެންނަމަވެސް މިހާރު އަހަރެންވާނީ ހުރިހާ ވާހަކަ އެއް ކިޔައިދީފައި.” އެރިކާ ބުންޏެވެ.

ޕާތު އާވެސް ހަމަ މި ސުވާލު ޓައިމްސް އޮފް އިންޑިއާއިން ކުރިއެވެ.

“އަހަރެން އުޅެނީ އެރިކާ އާ ރައްޓެހި ވެގެން ނޫން. އެއްވެސް އިރެއްގައި އެރިކާ އާ އެކަހަލަ ގުޅުމެއް ނޯވޭ. އެކަމަކު އަހަރެމެން ދެމިހުންނަކީވެސް ގާތް ރައްޓެހިން. ކެމެރާގެ ކުރިމަތީގައި ހުންނައިރުވެސް ރަނގަޅު ގުޅުމެއް އޮވޭ.” ޕާތު ބުނީ މިހެނެނެވެ.

ޕާތު އިތުރަށް ބުނީ އޭނާ ކުރިން އުޅުނު ޑްރާމާގައި ވެސް މަންޒަރުތައް ނިންމާގޮތަށް ގޮސް ވަދެ އިންނަނި މޭކަޕްރޫމްގައި ކަމަށެވެ. އެކަމަކު މިހާރު މަންޒަރު ނިންމާފައި މޭކަޕްރޫމަށް ނުގޮސް އެރިކާއާއެކު ވަރަށް މަޖާކޮށް އުޅޭކަމަށް ޕާތު ބުންޏެވެ.

ކަސޯޓީ ޒިންދަގީކޭއަކީ އެކްތާ ކަޕޫރުގެ އުފެއްދުމެކެވެ. ލޯބީގެ މި ޑްރާމާ ގައި ޕާތުއާ އެރިކާގެ އިތުރުން ކަރަންސިންގ ގްރޯވަރ، އާމްނާ ޝަރީފް، ޝުބާވީ ޗޮކްސޭ އާއި އުދޭ ޓިކެކާރުވެސް ހިމެނެއެެވެ.

ކަސޯޓި ޒިންދަގީކޭގެ ރީބޫޓް، މިހާރުވަނީ ކޮވިޑް-19އާ ގުޅިގެން މެދުކެޑިފައެވެ. މި ޑްރާމާއަށް ދެވި ހިފާފައި ތިބި އެތައް ބަޔަކު އިނތިޒާރު ކުރަމުން ދަނީ މީގެ އާ އެޕިސޯޑްތަކެއް ފެންނާނެ ދުވަހަކަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top