ފިހާރައެއް ގޮއްވާލާނެކަމަށް ބުނި މީހަކު ޖަލަށް!

XtXVXQpjesNm4OZzf5XA.jpg

ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ފަރިރީތި ފިހާރަ ގޮއްވާލާނެ ކަމަށް ބުނި ކުޅުދުއްފުށި، ކަޑީމާގެ، އިބްރާހިމް ހަސަން، ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިއަދު އެވެ.

އޭނާގެ މައްޗަށް އުފުލީ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވާ ގޮތުން މިދިޔަ ފެބްރުއަރީ 4 ވަނަ ދުވަހު އިބްރާހިމް ހަސަން ވަނީ ފަރިރީތި ފިހާރަ ކައިރީ ހުރެ ފިހާރައިގެ ވެރިފަރާތާ ދިމާއަށް “ދެން ދުއްވާލާނީ، ހުރިހާ ތަނެކޭ،” ބުނެފަ އެވެ.

މި ދައުވާ އަށް އިބްރާހިމް ހަސަން ވަނީ އިއުތިރާފު ވެފަ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ ހަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވިޔަސް އިބްރާހިމް ހަސަންގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާތީއާ އަދި ކުށަށް އިއުތިރާފުވެފައިވާތީއާއި ކުށުގެ އަދަބު ހަ މަސް ދުވަހަށް ކުޑަކުރުމަށް ކޯޓުން ނިންމި އެވެ.

މި މައްސަލައިގައި ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި އިބްރާހިމް ހަސަން 8 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭނީ ފަސް މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top