އާ މެނޭޖްމަންޓުން ބުނަނީ އައިދޫ ޓޫރިޒަމަށް ބޭނުން ނުކުރާކަމަށް

367946_3_b33e2c6dff16b2028cbc872a4976dc8fdd042732_large.jpg

ބ. އައިދޫ. -- ފޮޓޯ: ދޮންފަޅު ބީޗް ވިއުސް

ބ. އައިދޫ ޓޫރިޒަމުގެ ބޭނުމަށް ބޭނުން ނުކުރާ ކަމަށް މިދިޔަ މަހުގެ 31 ގައި އެ ރަށާ ހަވާލުވި، މޯލްޑިވިއަން މާމެޑް ޕްރައިވެޓް ލިމިޑެޓުން ބުނެފި އެވެ.

އެކުންފުނިން ބުނަނީ އެރަށުގައި ކުރިއަށް ގެންދަން ރާވަނީ ދަނޑުވެރިކަމުގެ މަސައްކަތްތައް ކަމަށެވެ.

އައިދޫ ދަނޑުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭރުގެ އިންވެސްޓަރެއްގެ އެހީ އާ އެކު ކަމަށާއި ވޭތުވެދިޔަ ތިން ހަފްތާގައި އެރަށާ ގުޅޭ މަސައްކަތްތައް ފަށައިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އެކުންފުނީގެ އޮފިޝަލަކު ”މިހާރު“ އަށް ވިދާޅުވީ، ކުރިން އެރަށުގައި ގެސްޓް ހައުސް އުސޫލުން ކޮޓަރި ދޫކުރިތޯ، ނޫން ތޯ ބުނަން ނޭނގޭ ކަމަށާއި އެކަމަކު، އެރަށުގައި ޓޫރިޒަމާ ގުޅޭ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ހަރަކާތެއް މިހާރު ކުރިއަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top