ފެހެންދޫ ދަރިވަރުންގެ ސްކޫލު ފެރީ ބޭނުންކުރަން ފަށައިފި

ElzeDSPVkAEo8OQ.jpg

ބ.ފެހެންދޫ ސްކޫލް ދަރިިވަރުން، އެރަށާ އެއް ފަޅުގައި އޮންނަ ގޮއިދުއަށް ދަތުރު ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ސްކޫލް ފެރީ ބޭނުން ކުރަން ފަށަައިފިއެވެ.

ފެހެންދޫގެ ސްކޫލުގައި ތިބެނީ 32 ކުދިންކަމަށް ވެފައި އެކުދިންނަށް އެރަށުގައި ކިޔަވައިދިނުމުގެ ބަދަލުގައި އެކުދިން ކިޔަވަން ދާން ޖެހެނީ ގޮއިދުއަށެވެ.

މީގެ ކުރިން އެ ކުދިން ކިޔެވުމަށް ގޮައިދޫ ސްކޫލަށް ދަނީ ކުޑަ ޑިންގީއެއްގައެވެ. އެކަން ނިމުމަކަށް ގެނެސް އިންޑިއާގެ އެހީގައި ހަދިޔާ ކުރި ފެރީ ބޭނުން ކުރަން ވަނީ ފަށާފައެވެ.

ލޯންޗު އޮޕަރޭޓްކުރާ ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނާޒިމް ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތުގައި ޕްރީ ސްކޫލަށް ކިޔަވައިދޭން ނުފަށާތީ މިދުވަސްކޮޅު ފެހެންދޫ ސްކޫލަށް ދަނީ 30 ދަރިވަރަކު ކަމަށެވެ. އެ ކުދިންގެ ތެރޭގައި ކޮވިޑުގެ ހާލަތާ ގުޅިގެން ރަށަށް ބަދަލުވި، މާލޭގެ ބައެއް ސްކޫލުތަކުގައި ކިޔަވާ އެރަށުގެ ތިން ދަރިވަރަކު ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

“ލޯންޗުގެ ޖާގައަކީ 30 މީހުން. ނަމަވެސް ޕްރީ ސްކޫލް ކިޔެވުން ފެށުމުން އަޅުގަނޑުމެން ޖެހޭނީ ވަކި ދަތުރެއް ކުރަން. އެއީ ސްކޫލުގެ ޖާގައިގެ ގޮތުން ޕްރީ ސްކޫލު ކިޔެވުން މި އޮންނަނީ އެހެން ގަޑިއެއްގައި. އެހެންވީމަ ދެ ދަތުރެއް ކުރަން ޖެހޭނީ އެކުދިންނަށް،” ނާޒިމް ވިދާޅުވި އެވެ.

ފެހެންދޫ ކުދިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރު ކޮށްލެވޭ ވަރުގެ ލޯންޗެއް ލިބުމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ، ފެރީގައި ކުދިން ސްކޫލަށް ދާ މަންޒަރު ފެނުމުން އުފާވާ ކަމަށެވެ.

މި ލޯންޗު ބަނދެފައިވަނީ، މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި 106 މިލިއަން ރުފިޔާ ގްރާންޓުން، 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top