ދިރާގު ޓީވީ ހުއްޓާލާއިރު އެސްއެސްނެޓް މިރޭ ފެށޭނެ

large_167203301618XbUr.jpeg

ދިރާގު ޓީވީ މިރޭ 12:00 ގައި ހުއްޓާލާއިރު އެސްއެސްނެޓްގެ ޚިދުމަތް ދިރާގުޓީވީ ނެޓްވާކްގެ ތެރެއިން މިރޭ ފެށިގެން ދާނެކަމަށް އެސްއެސްނެޓުން ބުނެފިއެވެ.

އެސްއެސް ނެޓްގެ ޚިދުމަތް މެނޭޖް ކުރަނީ، ސަން ސިޔާމް މީޑިއާއިންނެވެ. ސަން ސިޔާމް މީޑިއާ އަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ މުހައްމަދު އާސިފް (މޮންދު) އިސް ވެރިއެއްގެ ގޮތުގައި ހުންނަވާ ކުންފުންޏެކެވެ.

އެސްއެސްނެޓުން ހާމަކުރި ގޮތުގައި ބްރޯޑްކޮމް އަށް ހުށައެޅި 48 ޗެނަލް އާއެކު ޚިދުމަތް ފެށޭއިރު ޖުމްލަ 119 ޗެނަލް ކަސްޓަމަރުންނަށް ހިލޭ ލިބޭނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލަމުންދާ ސޮނީ އާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ، ސްޓިންގްރޭ، ލަވްނޭޗަރ ފޯކޭ، އައުޓްޑޯރ އަދި ޒޫމޫ ފަދަ ދިވެހީންގެތެރޭގައި މަޝްހޫރު ޗެނަލްތައް ހިމެނެއެވެ.

ޚަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލްޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެއެވެ. ވިޔަފާރީގެ ޚަބަރާއި މައުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބަރގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެއެވެ. ކުޑަކުދިންގެ މަޤްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވަރކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާރ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވަރލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލަރސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެއެވެ. މީގެ އިތުރުން މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ޤުރްއާނާއި ސައުދީ އަރަބިޔާގެ އެހެން ޗެނަލްތައް ހިމެނެއެވެ.

އެސްއެސްނެޓުން ހާމަކުރިގޮތުގައި އާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ޚިދުމަތް ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top