ފެބްރުއަރީ 6، ސަރުކާރު ބަންދު

large_167223103429d6s3.jpg

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވާހަކަދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

އަންނަ ފެބްރުވަރީ މަހުގެ 76 ދުވަހަކީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށް ވާތީވެ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިި އެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމާފައި ވަނީ ޖެނުއަރީ 21، 2019 ގަ އެވެ. އޭގެ ފަހުން މި ސަރުކާރުން ކޮންމެ އަހަރަކު ވެސް އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހު ސަރުކާރު ބަންދެއް ނުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top