އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ރާއްޖެ އެތެރެކުރާ މުދާ ވިއްކާނެ އެޖެންޓުން ހޯދަނީ

319476_3_01b14a2bda81d32017acec9620d140437fc61789_large.jpg

ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އިމްޕޯޓްކޮށް ވިއްކާ ބްރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވިއްކުމަށް ރަށްރަށުން އޭޖެންޓުން ހޯދަން ހުޅުވާލައިފި އެވެ.

މި ފުރުސަތު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފަ އެވެ. އެކަމަކު މިގޮތަށް ތަކެތި ވިއްކަން ފުރުސަތު ދޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން ކަމަށެވެ.

އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރާނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކަށެވެ. އޮންލައިން ވިޔާފަރިކުރާ ފަރާތްތަކަށް ވެސް އޭޖެންޓަކަށް ވުމުގެ ފުރުސަތު އޮންނާނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުންފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު 31 ޖެނުއަރީ 2022 14:00 ގެ ކުރިން އީމެއިލް ކުރަންވާނެ ކަމަށް އެކުންފުނިން ބުނެއެވެ. ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ހަވާލު ކުރެވިދާނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު، ހޮޓްލައިން 1422 ނުވަތަ 7291124 ނަމްބަރާ ގުޅައިގެން ލިބޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top