ވެރިމީހާއަށް ނޭނގި ޓެކްސްއަށް ރަޖިސްޓްރީ ކުރުމުގެ ބާރު މީރާއަށް

kzMFmVnBuPLVXH8AWYKY.jpg

ވިޔަފާރި ހިންގާ ވެރިމީހާގެ ނުވަތަ ޓެކްސް ދައްކަންޖެހޭ މީހެއްގެ އެއްބާރުލުމެއް ނެތި މީރާއިން އިސްނަަގައިގެން ޓެކްސްއަށް ރަޖިސްޓްރީ ކުރުމުގެ ބާރު މީރާއަށް ލިބޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދު ބަދަލުކޮށްފި އެވެ.

“ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދަށް ހަވަނަ އިސްލާހު ގެނައުމުގެ ގަވައިދު”ގެ ނަމުގައި މިއަދު ގެޒެޓްކުރި ބަދަލުގައިވާ ގޮތުން، އެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން ނުވަތަ އެހެން ގޮތަކުން ލިބޭ މައުލޫމާތަކަށް ބިނާކޮށް، ޓެކްސް ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން ވިޔަފާރިއެއް ނުވަތަ ފަރުދެއް ޓެކްސްއަށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި، އެ ފަރާތް ޓެކްސްއަށް ރަޖިސްޓްރީކޮށް އެކަން އެންގުމުގެ ބާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަށް އޮންނާނެ އެވެ.

އިންކަމް ޓެކްސް ދައްކަން ޖެހޭ ވަރަށް މީހަކަށް އާމްދަނީ ލިބޭކަން، މީރާއަށް އެހެން ގޮތަކުން އެނގޭ ހާލަތުގައި އެމީހަކު އިންކަމް ޓެކްސްއަށް ރަޖިސްޓްރީކޮށް، އެންގުމުގެ ބާރުވެސް އެހެންވީމާ ކޮމިޝަނާ ޖެނެރަލަށް އޮންނާނެ އެވެ.

މިއަދު ގެޒެޓްކުރި އިސްލާހުގައި ހަވާލާދީފައިވާ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދުގެ 21 ވަނަ މާއްދާއަކީ ތިން ވަނަ ފަރާތަކުން ލިޔެކިއުން ހޯދުމާ ބެހޭ މާއްދާ އެވެ. އެ ގަވައިދަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 32 ވަނަ މާއްދާއިން ބާރުދޭ މާއްދާ އެކެވެ.

32 ވަނަ މާއްދާއަކީ މީރާއަށް އޮންނަ ގާނޫނީ ބާރުގެ ބޭނުންކޮށްގެން ޓެކްސް އަދި ޓެކްސްނެގުމަށް ޓަކައި ހޯދަން ޖެހޭ ލިޔެކިއުން ހޯދުމުގެ ބާރު ލިބިދޭ މާއްދާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top