ބޭންކް އޮފް މޯލްޑިވްސް ތިންދުވަހަށް ބަންދު

CznInS7XEAItC8c-800x450-800x450.jpg

ބީއެމްއެލް އޭދަފުށި ބްރާންޗް

ބޭންކް އޮޕް މޯލްޑިވްސްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ނިންމައިފި އެވެ.

ބޭންކުން ބުނީ ތިން ދުވަހުގެ މުއްދަތަށް އެތަންތަން ބަންދުކުރަނީ އަހަރު ހިސާބު ނިންމުމަށާއި އައު އަހަރާއި ދިމާކޮށް ޗުއްޓީއަށް ކަމަށެވެ.

އެ މުއްދަތުގައި މޯބައިލް އަދި އިންޓަނެޓް ބޭންކިން އާއި ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top