ސްރީލަންކާގެ ނަވަލޯކާއަށް އޭދަފުށިން 21000 އަކަފޫޓްގެ ބިމެއް ދޭން ނިންމައިފި

12744169_587889751376666_1018488152234311035_n-702x432.jpg

ސްރީލަންކާގެ ނަވަލޯކާ ކޮންސްޓަރަކްޝަން ގްރޫޕަށް އޭދަފުށީގެ ހިއްކިބިމުން 21000 އަކަފޫޓަށްވުރެ ބޮޑުބިމެއް ދޭން އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް އޭދަފުށީ ކައުންސިލުން ނިންމީ އެކައުންސިލްގެ މިއަހަރުގެ 10 ވަނަ އާންމު ޖަލްސާގައެވެ. އޭދަފުށީ ކައުންސިލުން ނިންމި ނިންމުމުގައި ވަނީ މިބިން އޭދަފުށިން ދޫކުރުމަށް ނިންމީ ނަވަލޯކާ ކޮންސްޓްރަކްޝަން ގްރޫޕުން މިއަތޮޅު ވައްކަރުގައި ހަދާ ރިސޯޓް ހެދުމަށް ގެންނަތަކެތި ރައްކާކުރާނެ ވަގުތީ ބިމަކަށް އެކުންފުނިން އެދުމާއި ގުޅިގެން ކަމަށެވެ.

ކައުންސިލުން މިބިން ނަވަލޯކާއަށް ދޫކުރުމަށް ނިންމާފައިވަނީ އަކަފޫޓަކަށް މަހަކު -/1 ރ އަށް ކަމަށްވެސް ކައުންސިލްގެ ނިންމުމުގައި ވެއެވެ. 10 އޭޕްރީލް 2017 ދުވަހު ބޭއްވި މިޖަލްސާގައި ބިންދޫކުރުމަށް ފާސްވީ ކައުންސިލަރ ރިޒާ ހުށައަޅުއްވައި ނާއިބްރައީސް ނައުރީފްގެ ތާއީދާއި، މެމްބަރ އަފްޒަލްގެ ވޯޓާއެކުއެވެ. ރިޔާސަތު ބެލެހެއްޓެވީ ރައީސާ ނާޒްނީން އެވެ.

ކައުންސިލުން ބުނީ ނަވަލޯކާއަށް ދޭން ނިންމީ 21780 އަކަފޫޓްގެ ބިމެއް ކަމަށާ، ވަގުތީ މިބިން ދޫކުރާނީ ހިއްކި ސަރަހައްދުގެ ހުޅަނގު ދެކުނުން އޮތް ސަރަހައްދުން ކަމަށެވެ.

އޭދަފުށީ ކައުންސިލް މެމްބަރ ރިޒާ ވިދާޅުވީ މިއީ ރައްޔިތުންގެ މާލިއްޔާއަށް ލިބޭ ވަރަށްބޮޑު އާމްދަނީއެއްކަމަށާ، މިކަމުގެ ސަބަބުން ރަށަށް ލިބިގެން ދާނީ ކުރިއެރުންކަމަށެވެ. އޭނާ ވިދާޅުވީ މިބިން ގާތްގަޑަކަށް ހައެއްކަ މަސްދުވަހު ބޭނުންކުރާނެކަމަށް ނަވަލޯކާއިން ބުނާކަމަށެވެ.

ކައުންސިލްގެ 10 ވަނަ އާންމު ޖަލްސާގައި އުރީދޫއަށްވެސް އޭދަފުށިން އިތުރު ބިމެއް ދިނުމަށް ފާސްކޮށްފައިވެއެވެ. އެގޮތުން މަހަކު 1/50ރ ގެ ރޭޓުން އޭދަފުށީ އިރުމަތީ ސަރަހައްދުން 582 އަކަފޫޓް ދިނުމަށް ފާސްކުރިއެވެ. އެއީ އެކުންފުނީގެ އިތުރު ޓަވަރެއް އޭދަފުށީގައި ޖެހުމަށްކަމަށްވެސް އޭދަފުށީ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top