ފޯމް ވިއްކަން ކަނޑައެޅި ތާރީޚަށް ބަދަލުއައުމުން ވަރުވާއަށް ދޫކުރަން ނިންމި ރަށްތަކުގެ އިއުލާނު ބާތިލް!

10506783_528965033896824_3444647925805140031_o.jpg

ބ.އަތޮޅުގެ ފަޅުރަށެއް.

ބ. އަތޮޅުން 20 ފަޅުރަށް ވަރުވާއަށް ދޫކުރަން މިދިޔަ އަންގާރަދުވަހު ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނު ބާތިލް ކޮށްފިއެވެ.

ފިޝަރީޒްމިނިސްޓްރީން ބުނީ އެއިއުލާނު ބާތިލްކުރީ ފޯމް ވިއްކުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލު އައިސްފައިވާތީ ކަމުގައެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުން ބ. އަތޮޅުވަރުވާއަށް ދިނުމަށް ހަމަޖެހިފައި ވަނީ ބ. ނެލިވަރުފިނޮޅު، ބަތަލާހުރާ، ބޯދާފުށީފިނޮޅު، ކަށިދުއްފަރުފިނޮޅު، އަހިވައްފުށި، އައިދޫ، ވަންދުއްމާފަރުފިނޮޅު، ވިނަނެތްފަރުހުރާ، މާފުށީފިނޮޅު، މެދުފިނޮޅުގާތުފިނޮޅު، ފިނޮޅުފަރު، ދޮރުކަނޑު އުތުރުހުރާ، ދޮރުކަނޑު ދެކުނުހުރާ، ގާވިލިގިލި، ގާގަނޑުފަރުހުރާ، ބޮއިފުށި، މާއްޑޫހުޅުދޫ، ދަންދޫ، އުނޑޫދޫ އަދި ވެޔޮފުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top