ބ.އަތޮޅު ޔުނެސްކޯފިއާ ދެމިއޮންނާނީ ރައްކާތެރި ތަނެއްގެ ގޮތުގައި: ތާރިގު

0_134085747214_news.jpg

ހިމާޔަތްކޮށްފައިވާ ހަނިފަރު ސަރަހައްދު

ބ.އަތޮޅު ޔުނެސްކޯފިއާ ރިޒާވަކީ އަތޮޅުގެ ރަށްތަކެއް ހިމެނޭގޮތަސް ހިމާޔަތްކޮށްފަައިވާ އަދި ދުނިޔޭގެ ނިސްބަތުންވެސް ހިމާޔަތްކޮށްފައިވާ މުހިއްމު ސަރަހައްދަކަށް ވާތީ އެ ސަރަހައްދު ދެމި އޮންނާނީ ރައްކާތެރިކަމާއެކުގައިކަމަށް އެންވަޔަރންމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ތާރިގް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.

މިކަމާގުޅިގެން އެންވަޔަރމަންޓް މިނިސްޓްރީން ނެރުއްވި ބަޔާނުގައިވެސް ބުނެފައިވަނީ ، ބ.އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ސަރުކާރުން ވަކި ފަންޑެއް ގާއިމްކޮށް ބަލަހައްޓަމުންދާ ތަނެއްކަމުގައެވެ.  އަދި ބަޔޮސްފިޔާ ރިޒާވް ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަކަމަށާއި އެ ރިޒާވް ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕްރޮމޯޓުކުރުމަށް ވެސް ސަރުކާރުގެ ގުޅުންހުރި މުއައްސަސާތައް ގުޅިގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދު ދެމިއޮންނާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖެގެ މާހައުލުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ދައްކުވައިދޭ މުހިއްމު ގުދުރަތީ ތަރިކައެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top