ލޯންޗު އެކްސިޑެންޓެއްގައި ކުޑަރިކިލު ސައުދުﷲ ނިޔާވެއްޖެ

lv1uqi50gv4jbgyvfbaz-1.jpg

ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ.

މިއަދު ހަވީރު ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓުގައި ކޮންސްޓްރަކްޝަން ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ބ. ކުޑަރިކިލު ސައުދުﷲ އަހުމަދު ނިޔާވެއްޖެ އެވެ.

އުމުރުން 53 އަހަރުގެ ސައުދުﷲ އަކީ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 16:45 ހާއިރެވެ. މި އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކާ ގުޅިގެން ސައުދުﷲ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އިރުއޮއްސި ހައެއް ޖަހާކަން ހާއިރުއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި ސައުދުﷲ، އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޭނާގެ ހާލު ވަރަށް ދެރައެވެ.

އެކްސިޑެންޓުވި އެއް ލޯންޗު މާލެ ފަޅަށް ވައްދާފައި. — ފޮޓޯ: ވަގުތު

ސާސް އީ ކޮންސްޓްރަކްޝަނަކީ އިމާރާތްކުރުމުގެ އިތުރުން ބިން ހިއްކުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހެދުން ފަދަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ. ސާސް އިން ވަނީ ވަރަށް ގިނަ ރިސޯޓުތަކުގެ ބަނދަރުގައި ބޮޑު ހިލަ ޖަހައިފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނާ އިރު، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ވެސް ސާފެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top