ޓީޗަރުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު ދެނީ.

86696790_3535228176503707_7326168021662171136_n.jpg

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި ޕްރޮގްރާމަކީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި މިހާތަނަށް 407 މުދައްރިސުންނަށް ތަމްރީނު ދެވިފައިވާ ކަމަށެވެ. އަދި ޕްރޮގްރާމް ނިމޭއިރު 11 ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ޓީޗަރުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށް ވެސް އިތުރު ތަމްރީން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ކައުންސިލަރުން އިތުރަށް ތަމްރީން ކުރަނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ކޮވިޑް ބަލި ނެތް ރަށްރަށުގެ ސްކޫލްތައް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް މާލޭގައި ސްކޫލުތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް އެކަންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top